ސިޔާސީ ކުޅިބައި ދުވަނީ ކަޅު ފައިސާއިން މަންފާ ހޯދާ ބަޔަކު ބޭނުންވާ ގޮތަށް: ސަވާދު
ހަސަން ހަލީމް
23 އޭޕްރީލް 2025 - 23:19
0 comments
ކުރީގެ ބަންޑާރަ ނައިބު ޑރ. އަހުމަދު އަލީ ސަވާދު
ރާއްޖޭގަ ސިޔާސީ ރާޒުވާ ކުޅިބައި ދުވަނީ ފޮރުވިފަވާ ކަޅު ފައިސާޔާ ފަސާދައިން މަންފާ ހޯދާ ބަޔަކު ބޭނުންވާ ގޮތަށް ކަމަށް ކުރީގެ ބަންޑާރަ ނައިބު ޑރ. އަހުމަދު އަލީ ސަވާދު ވިދާޅުވެއްޖެ އެވެ.
ސަވާދު "އެކްސް" ގައި ވިދާޅުވީ ޕްރެފެރެންޝަލް ވޯޓިން އަކުން އާންމު ރައްޔިތަކަށް ވާނެ އިތުރު މޮޅެއް ނެތް ކަމަށާއި ރާއްޖޭގަ ސިޔާސީ ރާޒުވާ ކުޅިބައި ދުވަނީ ފޮރުވިފަވާ ކަޅު ފައިސާޔާ ފަސާދައިން މަންފާ ހޯދާ ބަޔަކު ބޭނުންވާ ގޮތަށް ކަމަށެވެ. އެއީ އާންމު ރައްޔިތަކަށް އަތްފޯރާ ހިސާބެއްގެ ހިނގާ ކަންކަމެއް ނޫން ކަމަށް ސަވާދު ވިދާޅުވި އެވެ. ސަވާދު އިތުރަށް ވިދާޅުވީ ޕްރިފެރެންޝަލް ވޯޓިން ވާހަކަ ދެއްކުމުގެ ކުރިން އިސްލާހުކުރަންޖެހޭ ކަންކަން އެބަހުރިކަމަށެވެ. އެގޮތުން: - ފަނޑިޔާރުގެ މިނިވަންކުރުން
- ބައިތުލްމާލުން ކުރި/ކުރާ ވައްކަން ހުއްޓުވާ ވަގުން ހައްޔަރުކުރުން
- ދޮގާ ފަސާދަ ވިއްކާ މީހުނަށް ހާކިމުގެ މަގާމު ހަވާލުނުކުރުން
ޕްރެފެރެންޝަލް ވޯޓިން އަކުން އާންމު ރައްޔިތަކަށް ވާނެ އިތުރު މޮޅެއް ނެތް ކަމަށް ސަވާދު ވިދާޅުވިއިރު، ޕްރެފަރަންޝަލް ވޯޓިން ނިޒާމެއްގެ ދަށުން ވެރިއަކު ހޮވުމަށް ތާއީދުކުރައްވާކަން ރައީސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބަންޑާރަ ނައިބުކަމާއި ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި ސަވާދަކީ، ޕްރިންސިޕަލް އެޑްވައިޒަރު ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓްގެ މަގާމުގައި ހުންނެވި މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު ކޮއްކޮ އެވެ.
ކިޔުންތެރިންގެ ޝުއޫރު