ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ޖެނެރޭޝަނަލް ބޭން ގެނައުމަށް ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި
މަރިޔަމް އަނާ
29 އޭޕްރީލް 2025 - 12:48
0
comments
Tweet
Telegram
ދުންފަތުގެ ޖެނެރޭޝަން ބޭންއެއް ކަނޑައެޅުމަށް ކެބިނެޓުން ފާސްކުރި ސިޔާސަތު ތަންފީޒު ކުރުމަށް ޓަކައި ގާނޫނަށް ގެންނަން ޖެހޭ ބަދަލު ހިމަނައިގެން ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެންނަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު "ޖެނެރޭޝަނަލް ބޭން" އެއް ގެނައުމަށް ނިންމެވީ ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށެވެ. އެގޮތުން، 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ކުރުމަށް އެމަނިކުފާނު ވަނީ ނިންމަވާފަ އެވެ.
"[ދުންފަތް އުފައްދަން ބޭނުން ކުރާ މެޝިނަރީގެ ތެރޭގައި] ދުންފަތުގެ އިސްތިއުމާލު ކުރުމަށްޓަކައި، ދުންފަތް އޮޅާ ކަރުދާހަށް ދުންފަތް އެޅުމަށްފަހު އެ އޮޅައި، ސިނގިރޭޓު ނުވަތަ ބިޑިއެއް ނުވަތަ އެފަދަ އެއްޗެއްގެ ސިފައިގައި ބަންދުކޮށް ޕެކް ކުރާ މެޝިނަރީ ވެސް ހިމެނޭ،" މަޖިލީހަށް ހުށަހަޅާފައި އޮތް ބިލުގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން، އުމުރުން 21 އަހަރުން ދަށުގެ މީހުން ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރަން ވެސް އެ ބިލުގައި ވަނީ ހުށަހަޅައިފަ އެވެ. އަދި ޖެނެރޭޝަން ބޭންއެއް ގެނައުމުގެ ބޭނުމުގައި ޖެނުއަރީ 1، 2007، އަށް ފަހު އުފަންވެފައިވާ މީހުންނަށް ދުންފަތް މަނާ ކުރަން ވެސް ވަނީ ބިލުގައި މާއްދާއެއް ހިމަނައިފަ އެވެ.
މީގެ އިތުރުން މި އިސްލާހުގެ ދަށުން އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްގެ ބާވަތްތައް ގެންގުޅެނިކޮށް ނުވަތަ ބޭނުންކުރަނިކޮށް ފެނިއްޖެނަމަ އެ އަތުލުމުގެ ބާރު ފުލުހުންނަށް ލިބިގެންދާނެއެވެ. އަދި ރާއްޖެއަށް އެތެރެކުރާ އެފަދަ ތަކެތި އަތުލުމުގެ ބާރު ކަސްޓަމްސް އާއި ފުލުހުންނަށް ލިބިގެންދާނެ އެވެ.
ސަރުކާރުގެ ފަރާތުން ދުންފަތް ކޮންޓްރޯލް ކުރުމަށް ޖެނެރޭޝަނަލް ބޭނެއް ގެނައުމަށް ނިންމާފައިވާއިރު ބިލު ފާސްވުމަށްފަހު އަމަލުކުރުމަށް 6 މަސްދުވަހުގެ މުއްދަތެއް ލިބިގެންދާނެއެވެ. އެގޮތުން ބިލު ފާސްވުމަށްފަހު އަންނަ ނޮވެންބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ވަނީ ނިންމާފަ އެވެ.
މި ސަރުކާރުން ދުންފަތާ ދެކޮޅަށް ދަނީ ބޮޑެތި ނިންމުންތަކެއް ނިންމަމުންނެވެ. ރާއްޖެއަށް ވޭޕް އެތެރެކުރުމާއި ބޭނުންކުރުމުން މަނާކޮށް، ދުންފަތާއި ސިނގިރޭޓުން ނަގާ ޓެކްސް އިތުރަށް ބޮޑުކޮށްފައި ވެސް ވެ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
13 ގަޑިއިރު ކުރިން
0
ބިލު ކުރާ ހިސާބުން ޖީއެސްޓީ ދައްކަންޖެހޭތީ ހުށަހެޅި ގަރާރު ބަލައިނުގަތް
2 ދުވަސް ކުރިން
0
ކައުންސިލްތައް ކުޑަކުރުމަށް ޕީއެންސީން މަޖިލީހަށް ގަރާރެއް
2 ދުވަސް ކުރިން
0
ރިޓަޔާކުރާ އުއްތަމަފަނޑިޔާރަށް މަހަކު 70،000ރ. ދޭން އުޅޭތީ ބަހުސް ހޫނުވެއްޖެ
27 ދުވަސް ކުރިން
0
2007 ގެ ފަހުން އުފަންވި އެންމެންނަށް ދުންފަތް މަނާ ކުރާ ބިލް ރައިސް ތަސްދީގު ކުރައްްވައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ތަހުގީގު ރިޕޯޓު އާންމުކުރަން ރައީސް އަންގަވައިފި
9 ގަޑިއިރު ކުރިން
0
ކައުންސިލަރުންނަށް ހާއްސަ ހަތީބު ކޯހުގެ 50 ފުރުސަތަށް ހުޅުވާލައިފި
9 ގަޑިއިރު ކުރިން
0
މެޑަމް ސާޖިދާ ޔޫއޭއީއަށް ފުރާވަޑައިގެންފި
10 ގަޑިއިރު ކުރިން
0
ޔުމްނުގެ މައްސަލާގައި ރިޔާސީ ކޮމިޝަންގެ ތަހުގީގު ރިޕޯޓް ރައީސަށް ފޮނުވައިފި
11 ގަޑިއިރު ކުރިން
0