ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ގައުމީ ހިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވާލައިފި
މަރިޔަމް އަނާ
01 މެއި 2025 - 11:04
0
comments
Tweet
Telegram
ރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމު (މޯލްޑިވްސް ނޭޝަނަލް ސާވިސް)ގައި ބައިވެރިވާން ބޭނުންވާ ޒުވާނުންނަށް އެ ފުރުސަތު މިނިސްޓްރީ އޮފް ޑިފެންސް އިން ރޭ ހުޅުވާލައިފި އެވެ.
މިނިސްޓްރީން ބުނީ އެ ހިދުމަތުގައި ބައިވެރިވުމަށް ކުރިމަތިލެވޭނީ، އުމުރުން 16 އަހަރާއި 28 އަހަރާއި ދެމެދުގެ ޒުވާނުންނަށް ކަމަށެވެ.
އޭގެތެރެއިން އުމުރުން 16 އަހަރާއި 18 އަހަރާއި ދެމެދުގެ ކޮންމެ ޒުވާނަކު ގައުމީ ހިދުމަތާއި ގުޅުމަށް ހުށަހަޅާއިރު ބެލެނިވެރިޔާގެ ރުހުން އޮތްކަމުގެ ލިޔުމެއް ހުށަހަޅަން ޖެހެ އެވެ.
ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް އެލަވަންސެއް ދޭނެ ކަމަށް އެ އިއުލާނުގައި އޮތަސް، އެއީ ކިހާ ވަރެއްކަން ނެތެވެ. އަދި ތަމްރީންގެ މުއްދަތެއް ވެސް ނެތެވެ.
ގައުމީ ހިދުމަތުގެ ޕްރޮގްރާމާ ގުޅޭ ގޮތުން ނޮވެމްބަރު 3، 2024 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ގައުމީ އެ ޕްރޮގްރާމުގައި އުމުރުން 16 އަހަރު ވުމަށް ފަހު، އޯ ލެވެލް ނިންމުމަށް ފަހު، ނުވަތަ ތައުލީމު ހާސިލުކުރެވުނު ހިސާބަކުން ދެން މައްޗަށް ދިޔުމުގެ ފުރުސަތު ނުލިބޭ ކުދިންނަށް ބައިވެރިވެވޭނެ ކަމަށެވެ.
އެ ޕްރޮގްރާމުގައި ނިންމައި ސިފައިންގެ މީހަކަށް ނުވަތަ ފުލުހަށް ވަދެވޭނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ. ނަމަވެސް، ޑިފެންސް މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ ތަމްރީނު ފުރިހަމަ ކުރުމަށް ފަހު ކަނޑައެޅޭ ދާއިރާތަކުން ވަޒީފާއަށް ގުޅުމުގެ ފުރުސަތު ދޭނެ ކަމަށެވެ.
ގައުމީ ހިދުމަތުގެ ޕްރޮގްރާމްގެ ދަށުން ހަތަރު އަހަރު ދުވަހުގެ ތެރޭގައި، ސިފައިންގެއަށް ހަތަރު ހާސް ކުދިން، އަދި ފުލުހުންނަށް އެއްހާސް ކުދިން އިތުރު ވެގެންދާނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
3 ދުވަސް ކުރިން
0
ޖެމްކިޔު ސްކީމަކީ ހީލަތެއް: ޕޮލިސް/ސީއެމްޑީއޭ
3 ދުވަސް ކުރިން
0
އެންޓި ސްކޭމް ބޮޑު އޮޮޕަރޭޝަންގައި އެންމެ ގިނަ ފައިސާ އަނބުރާ ހޯދީ ރާއްޖެއިން
5 ދުވަސް ކުރިން
0
ރައުދު ރާއްޖެއިން ބޭރަށް ފުރިކަމަށް ބުނެ ފަތުރަނީ ދޮގެއް: ފުލުހުން
5 ދުވަސް ކުރިން
0
މަޖީދީމަގުގައި ޕާކުކުރާ އުޅަނދުތައް ޓޯކުރަނީ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އެމްޓީސީސީގެ ހިއްސާއަކަށް 2ރ. ބަހަން ފާސްކޮށްފި
3 މިނެޓް ކުރިން
0
ނަޝީދު އެނބުރި ވަޑައިގަންނަވާތީ އެމްޑީޕީގެ ގައުމީ މަޖިލިސް މިރޭ އެއްވަނީ
21 މިނެޓް ކުރިން
0
ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ތަހުގީގު ރިޕޯޓު އާންމުކުރަން ރައީސް އަންގަވައިފި
23 ގަޑިއިރު ކުރިން
0
ކައުންސިލަރުންނަށް ހާއްސަ ހަތީބު ކޯހުގެ 50 ފުރުސަތަށް ހުޅުވާލައިފި
23 ގަޑިއިރު ކުރިން
0