ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ޗައިނާގެ އެހީގައި ކައުންސިލް އިމާރާތްތައް އަޅަނީ
އައިމިނަތު ޝިޔާޒާ
22 މެއި 2025 - 22:27
0
comments
Tweet
Telegram
ރާއްޖޭގެ 50 ރަށެއްގައި ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އަޅައިދޭން ނިންމާފައިވާ ކައުންސިލް އިމާރާތްތަކުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނި ގޮތުގައި މިއަދު ސޮއިކުރީ އެ ކަމަށް ހުށަހަޅާފައިވާ ލެޓާ އޮފް އެކްސްޗޭންޖުގަ އެވެ.
ތަފްސީލް - ލެޓާ އޮފް އެކްސްޗޭންޖުގައި ސޮއިކުރެއްވީ:
ދިވެހި ސަރުކާރުގެ ފަރާތުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް
ޗައިނާ ސަރުކާރުގެ ފަރާތުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީގު ކޮންގް ޒިއަންހުއާ
އެ ބައްދަލުވުމުގައި ލޯކަލް ގަވަމެންޓް މިނިސްޓަރު، އާދަމް ޝަރީފްގެ އިތުރުން ޗައިނާ ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނީ މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ދެ ބާވަތެއްގެ ކައުންސިލް އިމާރާތް އެޅުމަށް ނިންމާފައިވާ ކަމަށެވެ. އެއީ އެއް ބާވަތުގެ 30 ކައުންސިލާއި އަނެއް ބާވަތުގެ 20 ކައުންސިލް ކަމަށް އެ މިނިސްޓްރީން ބުންޏެވެ. ނަމަވެސް އޭގެ ތަފުސީލެއް އެ މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.
މިއަދު ސޮއިކުރި އެއްބަސްވުމާ ގުޅިގެން ޗައިނާ ސަފީރު، ކޮންގް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދު ސޮއިކުރެވުނު އެއްބަސްވުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރު ހަރުފަތަކަށް ގެންގޮސްދިން ކަމެއް ކަމަށާއި އެ މަޝްރޫއު ހިންގުމަށްޓަކައި ހަދަންޖެހޭ ފީސިބިލިޓީ ޓެސްޓު ހަދާ ޓީމު ވަރަށް އަވަހަށް ރާއްޖެ އަންނާނެ ކަމަށެވެ.
ވަރަށް ގިނަ ކައުންސިލްތައް ހިންގަމުން އަންނަނީ، ބާވެ ހަލާވެފައި ހުރި އަދި ޖާގައިގެ ގޮތުން ދަތި އިމާރާތްތަކުގަ އެވެ. އެފަދަ ކައުންސިލްތަކަށް އާ އިމާރާތްތައް އެޅުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދެކެވެ.
ކައުސިން އިމާރާތް އަޅާނެ ރަށްރަށުގެ ކްރައިޓީރިއެއް މިދިޔަ އަހަރު ކަނޑައަޅައި، އުސޫލެއް ވެސް އާންމުކުރި އެވެ.
މިއަދު 50 ކައުންސިލަކަށް އިމާރާތް އެޅުމުގެ އެއްބަސްވުމުގައި ޗައިނާއާ އެކު ސޮއިކުރިއިރު، މީގެ ކުރިން 55 ކައުންސިލަކަށް އިމާރާތް އެޅުމަށް މެލޭޝިއާ ކުންފުންޏަކާ ވެސް ހަވާލުކޮށްފައިވެ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
4 ދުވަސް ކުރިން
0
ކައުންސިލްތަކުގެ ބައިއިލެކްޝަން މަދުކުރާ ބިލު ތަސްދީގުކޮށްފި
18 ދުވަސް ކުރިން
0
ޗައިނާއިން ރާއްޖެއަށް އާ ސަފީރެއް؛ ފަތްކޮޅު ރައީސަށް އަރުވައިފި
3 މަސް ކުރިން
0
ޗައިނާ އެފްޓީއޭގެ ދަށުން ދުންފަތް އެތެރެ ނުކުރެވޭނެ
3 މަސް ކުރިން
0
ޑުރަގު އެތެރެކުރި މައްސަލައެއްގައި ޗައިނާގެ މީހަކު 15 ދުވަހަށް ބަންދުކޮށްފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ރައުދުގެ ބަންދަށް 5 ދުވަސް ޖަހައިފި
16 މިނެޓް ކުރިން
0
އެމްޑަބްލިޔުއެސްސީން ކެންދޫގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ނިންމައިފި
1 ގަޑިއިރު ކުރިން
0
ސައުދީގައި ދިވެހި ހައްޖުވެރިންނަށް ހާއްސަ ކްލިނިކެއް ހަދައިފި
2 ގަޑިއިރު ކުރިން
0
ދިވެހި ރާއްޖޭގެ އަޑުން އަލީ މޫސާ އަށް ؛ މަޖިލީހުގައި އިންނަވަނިކޮށް ނިދި ޖެހިފައި ވާނެ ތޯ؟
2 ގަޑިއިރު ކުރިން
0