ދިވެހި ރާއްޖޭގެ އަޑުން އަލީ މޫސާ އަށް ؛ މަޖިލީހުގައި އިންނަވަނިކޮށް ނިދި ޖެހިފައި ވާނެ ތޯ؟
އަލީ ރާޒީ
23 މެއި 2025 - 17:38
0 comments
އަލީ އަޑުގެ ޕްރޮގްރާމުގައި - ފޮޓޯ: ދިވެހި ރާއްޖޭގެ އަޑު
ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި މަޖިލިސް މެންބަރަކަށް މަޖިލީހުގައި ނިދި ޖެހޭތޯ ސުވާލުކޮށްފި އެވެ.
މިއަދު ހެދުނު ކުރިއަށް ދިޔަ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ބައިވެރިވެވަޑައިގަތީ ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާ އެވެ. މި ޕްރޮގްރާމުގެ "ހޯސްޓް" އަލީ އަށް ކުރެއްވި ސުވާލަކީ "މަޖިލީހުގައި އިންނަވަނިކޮށް ނިދި ޖެހިފައި ވާނެ ތޯ؟ އެވެ. މި ސުވާލަކީ ޕްރޮގްރާމްގެ ތެރެއިން ދިވެހި ރާއްޖޭގެ އަޑުން މެންބަރުންނަށް ކުރައްވާ ސުވާލުތަކުގެ ތެރެއިން ކުރެއްވި ސުވާލެކެވެ. އާއެކޭ ނުވަތަ ނޫނެކޭ ބުނެވޭ ގޮތަށް ކުރެއްވި މި ސުވާލަށް އަލީ ދެއްވި ޖަވާބަކީ "ނޫނެކޭ" ކަމަށެވެ. ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާ އަށް އަމާޒުކޮށް ނިދި ޖެހިފައި ވާނެ ތޯ ދިވެހިރާއްޖޭގެ އަޑުން ސުވާލު ކުރެއްވި ސީދާ ސަބަބެއް ސާފެއް ނުވެ އެވެ. އާންމުން ފޮނުވާ ސުވާލުތައްވެސް މެންބަރުންނަށް ކުރާ ގޮތަށް ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި މެންބަރުންނަށް ކުރައްވާ ސުވާލުތަކުގައި ޒާތީ ވުމާއި ސުވާލުތަކުގައި ފެންވަރު ދައްކަމަށް ބުނެ ބައެއް މީހުން އަންނަނީ ޕްރޮގްރާމްގެ ފެންވަރާ މެދު ސުވާލު އުފައްދަމުން ނެވެ
ކިޔުންތެރިންގެ ޝުއޫރު