ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ކުޅިވަރު
ތިލަ އުތުރު ވޮލީ މުބާރާތުގެ ޗެމްޕިއަން ޓީމަށް 70000 ރުފިޔާ
އިސްމާއިލް ރިޒާ
22 މެއި 2025 - 13:05
0
comments
Tweet
Telegram
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އަތޮޅުގެ ރަށްތަކުގެ އަންހެނުންނަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ "ތިލައުތުރު ވޮލީ މުބާރާތް 2025" ގެ ޗެމްޕިއަން ޓީމަށް 70000 ރުފިޔާ ދިނުމަށް ހަމަޖެހިއްޖެ އެވެ.
މުބާރާތް ހޯސްޓް ކުރާ ރަށް - ހޯރަފުށީ ކައުންސިލުން ބުނީ މުބާރާތުގެ އެއް ވަނަ އަށް ހޮވޭ ޓީމަށް ހޯރަފުށީ ކައުންސިލާޢީ ޑަބްލިޔުޑީސީ އިން ހަދިޔާ ކުރާ 50000 ރުފިޔާ އަދި ހއ އަތޮޅު ކައުންސިލުން ހަދިޔާ ކުރާ 20000 ރުފިޔާ އެކު ޗެމްޕިއަން ޓީމަށް ޖުލްލަ 70000 ރުފިޔާގެ ލިބޭނެ ކަމަށެވެ.
މީގެ އިތުރުން މުބާރާތުގެ ދެ ވަނަ އަށް ހޮވޭ ޓީމަށް 10000 ރުފިޔާ ދިނުމަށް ހަމަޖެހިފައި ވާ ކަމަށެވެ.
ހޯރަފުށީ ކައުންސިލުން އިތުރަށް ބުނީ މި މުބާރާތުގެ ތެރެއިން ހޮވާ އިތުރު ވަނަ ތަކުގެ ތެރޭގައި އެންމެ މޮޅު ހަ ކުޅުން ތެރިން، އެންމެ މޮޅު ކޯޗް، ކްއީން އޮފް ދަ ޓޯނަމެންޓް އަދި މުބާރާތުގެ ފެއާ ޕްލޭ ޓީމް ވެސް ހޮވުން އޮންނާނެ ކަމަށެވެ.
ހއ. ހޯރަފުށީގައި ހޯސްޓް ކުރާ މި މުބާރާތުގެ މަގްސަދާއި ގުޅޭ ގޮތުން ހޯރަފުށީ ކައުންސިލް ރައީސް މުހައްމަދު ވަހީދު "ހޯރަ" އަށް ވިދާޅުވީ މި މުބާރާތް ހޯރަފުށީގައި ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ ހޯރަފުއްޓަކީ ޒަމާނުންސުރެ ވޮލީއަށް ޝައުގުވެރިވާ ޒުވާނުންތަކެއް ދިރިއުޅޭ ރަށަކަށްވުުން ކަމަށެވެ.
ވަހީދު ވިދާޅުވީ ރާއްޖޭގެ ގައުމީ ފެންވަރުގެ މުބާރާތްތަކުގައާއި، އަތޮޅު ފެންވަރުގެ މުބާރާތް ތަކުގައި ހޯރަފުށީހެ ޓީމްތައް ވާދަކޮށް އެކަށީގެންވާ ރަނގަޅު ކާމިޔާބީތަކެއް ހޯދާފައިވުމާއި ކުޅިވަރާއި ކަސްރަތުގެ ތެރެއިން މުޖުތަމައުގެ އެކުވެރިކަމާއި އެއްބައިވަންތަކަން ދިރުވާ އާލާކޮށް ބަދަހި ކުރުމާއި ހއ. އަތޮޅުގެ ރަށްތަކުގެ ގުޅުންތެރިކަން ބަދަހި ކުރުމުގެ ބޭނުމަކީ ވެސް މި މުބާރާތް ހޯރަފުށީގައި ހޯސްޓް ކުރާ ސަބަބެއްކަމަށެވެ
"ތިލައުތުރު ވޮލީ މުބާރާތް 2025" މި އަހަރު ހއ.ގެ ފަސް ރަށަކުން ބައިވެރިވެ އެވެ. އެއީ ހޯރަފުށި، މުރައިދޫ، އިހަވަންދޫ، ދިއްދޫ އަދި މޮޅަދޫ އެވެ.
ހޯރަފުށީ ވޮލީ ބޯޅަ ކޯޓުގައި މި މުބާރާތް ކުރިއަށް ދާނީ މި މަހުގެ 23 އިން 31 ގެ ނިޔަލަށެވެ. "ތިލައުތުރު ވޮލީ މުބާރާތް 2025"ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ހޯރަ އޮންލައިން" އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
5 ދުވަސް ކުރިން
0
ނަރުހުންގެ ދުވަސް ފާހަގަކުރަން ހޯރަފުށީގައި މިއަދު ހިނގާލުމެއް ބާއްވައިފި
5 ދުވަސް ކުރިން
0
މޫސުމުގެ ބާރުގަދަވެ، މާލޭން އުތުރަށް ކަނޑުތައް ގަދަ ވެއްޖެ
6 ދުވަސް ކުރިން
0
ތިލަ އުތުރު ވޮލީ މުބާރާތަށާއި ބޮޑު އީދަށް ހޯރަފުށީގެ މަގުތައް ސާފު ކުރަނީ
7 ދުވަސް ކުރިން
0
ތިލަ އުތުރު ވޮލީ މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އެއްބާރުލުން ނުލިބުމުން ޔުމްނުގެ ބަޔާން ނެގުމަށް މެލޭޝިއާ ފުލުހުންގެ އެހީ ހޯދަނީ
38 މިނެޓް ކުރިން
0
ފުލުހުންގެ މައި މަރުކަޒު ހުޅުމާލޭގައި އަޅަން ސޮއިކޮށްފި
2 ގަޑިއިރު ކުރިން
0
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް 12 ބޭފުޅަކު ކުރިމަތިލައްވައިފި
2 ގަޑިއިރު ކުރިން
0
ޔުމްނު ވެއްޓުނު މައްސަލައިގައި ހައްޔަރު ކުރި ރައުދު ބަންދުން ދޫކޮށްލައިފި
2 ގަޑިއިރު ކުރިން
0