ޚަބަރު
ބްރޯޑްކޮމްގެ އެސްޖީ މަގާމުން ވަކިކޮށްފި
ބްރޮޑްކޮމްގެ އެސްޖީ މަރިޔަމް ޒީނިޔާ
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން މަރިޔަމް ޒީނިޔާ މިއަދު ވަކިކޮށްފި އެވެ.

މެއި 20، ގައި ބްރޯޑްކޮމްގެ އިދާރީ ހިންގުމުގެ އިސްވެރިޔަކަށް ހުންނެވި ޒީނިޔާ 96 ގަޑިއިރަށް ސަސްޕެންޑު ވެސް ކުރި އެވެ. އެ މައްސަލައިގައި ޖަވާބުދާރީވާން އެންގުމުން އެ ކޮމިޝަނަށް ޒީނިޔާ ޖަވާބުދާރީވެފައިވާކަން ވެސް އަދަދު އަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

މަގާމުން ވަކިކުރި ކަމުގެ ޗިޓު ޒީނިޔާއާ ހާވަލުކޮށްފައި ވަނީ މިއަދު މެންދުރުފަހު 03:00 ގެ ފަހުން ކަން ވަނީ އަދަދު އަށް ވަނީ އެނގިފަ އެވެ. އޭނާ ވަކިކުރަން ނިންމީ ކޮމިޝަނުގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

ޒީނިޔާ ސަސްޕެންޑު ކުރުމާ ގުޅިގެން ބްރޯޑްކޮމްގެ މުވައްޒަފުން ވަޒިފާއަށް ނުނުކުމެ ހަޅުތާލު ވެސް ކުރި އެވެ.

ބްރޯޑްކޮމްގެ އެސްޖީ މަގާމުން ވަކިކުރި އިރު، އެ ކޮމިޝަންގެ އައިޓީ އޮފިސަރު އަހުމަދު ފަޒީލް ވެސް ވަނީ މިދިޔަ ބުދަ ދުވަހު ސަސްޕެންޑުކޮށްފަ އެވެ. އޭނާ ސަސްޕެންޑްކުރީ ހަތް ދުވަހަށެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު