ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ޝަމްއާންގެ މައްޗަށް މަނީ ލޯންޑްރިންއާ އެކު ތިން ދައުވާއެއް
މަރިޔަމް އަނާ
25 މެއި 2025 - 22:15
0
comments
Tweet
Telegram
މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒް މަންފާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ކުރީގެ ކޮންޓްރޯލަރ ޖެނަރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް 3 ދަޢުވާއެއް އުފުލައިފި އެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ ޝަމްޢާންގެ މައްޗަށް ކޮށްފައިވަނީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއާއި، މަނީ ލޯންޑްރިންގގެ ކުށުގެ ދައުވާކަމަށެވެ.
މި ދައުވާތައް ޝަމްއާންގެ މައްޗަށް އުފުލާފައިވަނީ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ބުނިގޮތުގައި، އިމިގްރޭޝަންގެ ރިސްކް ސެކްޝަނުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ބަންދުން ދޫކޮށްލަން އިރުޝާދު ދީ، އެ މީހާއާ އެކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ 500،000 ރުފިޔާ އަތުލުމަށް ޝަމްއާން އަންގާފައިވާތީ އެވެ.
އެ ފައިސާ ބިދޭސީ މީހާގެ އަތުން ނަގާފައިވަނީ އޭނާ ރާއްޖެ ދޫކޮށް ނުގޮސްފި ނަމަ ދަތިކުރުމަށް އިތުރު ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ދިނުމަށް ފަހު ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.
ބިދޭސީމީހާގެ އަތުން ފައިސާ ފޭރުމަށް ފަހު، އެ ފައިސާ މާޗު 13، 2025 ގެ މެންދުރުފަހު 3:00 ހާއިރު ޝަމްއާންގެ އަތަށް ގެންގޮސްދިނުމުން، އޭގެ ތެރެއިން 400،000 ރުފިޔާ ބަލައިގަނެ އަތުގައި ބަހައްޓާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ހަމަ އެދުވަހު އެ ފައިސާގެ ތެރެއިން ބައެއް ބޭނުންކޮށްގެން، ޝަމްއާންގެ ނަމުގައި ނަގާފައިވާ ދެ ސްޓޫޑަންޓް ލޯނަކަށް ފައިސާ ދެއްކުމުގެ ގޮތުން ބޭންކު އޮފް މޯލްޑިވްސްގެ ލޯން އެކައުންޓަށް 149،491.46 ރުފިޔާ އާއި އެހެން ލޯނު އެކައުންޓަކަށް 110،345.59 ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ވެސް ޝަމްއާނަށް ކުރި ދައުވާގައި ބުނެފައިވެ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
15 ގަޑިއިރު ކުރިން
0
ގޭންގް ކުށްތައް ހަރުކަށިކުރުމުގެ ބިލް ތަސްދީގުކޮށްފި
1 ދުވަސް ކުރިން
0
ޔުމްނުގެ ބަޔާން ނަގަން ރަސްމީކޮށް ފުލުހުން ނޭދޭ: އާއިލާ
1 ދުވަސް ކުރިން
0
ކުރީގެ ޕީޖީ ޝަމީމަށް ހަމަލާދިން މީހުން ސަލާމަތްވި މައްސަލަ އިސްތިއުނާފުކުރަން ނިންމައިފި
2 ދުވަސް ކުރިން
0
ކަރަންޓު ކޭބަލްތަކެއް ބުރިކުރިކަމަށް ތުހުމަތުކޮށް މީހަކު ހައްޔަރުކޮށްފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ތިލަ އުތުރު ވޮލީ މުބާރާތް: ދިއްދޫއަށް ހޯރަފުށި ކައިރިން މުހިންމު މޮޅެއް
4 ގަޑިއިރު ކުރިން
0
ޝަމްއާންގެ މައްޗަށް މަނީ ލޯންޑްރިންއާ އެކު ތިން ދައުވާއެއް
5 ގަޑިއިރު ކުރިން
0
ރާއްޖޭގައި ހުންނަވާ އދގެ ވެރިޔާ ފަތްކޮޅު އަރުއްވައިފި
5 ގަޑިއިރު ކުރިން
0
ބްރޯޑްކޮމްގެ އެސްޖީ މަގާމުން ވަކިކޮށްފި
5 ގަޑިއިރު ކުރިން
0