ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ކުރީގެ ޕީޖީ ޝަމީމަށް ހަމަލާދިން މީހުން ސަލާމަތްވި މައްސަލަ އިސްތިއުނާފުކުރަން ނިންމައިފި
މަރިޔަމް އަނާ
24 މެއި 2025 - 19:13
0
comments
Tweet
Telegram
ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމަށް މަރުތޭލަކުން ހަމަލާދިން މައްސަލައިގައި ދައުވާ ލިބުނު ހަތް މީހުންގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ޕީޖީ އޮފީހުން ނިންމައިފިއެވެ.
ޝަމީމަށް ހަމަލާދީފައި ވަނީ މިދިޔަ އަހަރުގެ 31 ޖެނުއަރީގެ ހެނދުނުގެ ވަގުތެއްގައި އޭނާގެ ގޭ ދޮރުމަތިންނެވެ.
މި މައްސަލާގައި ހަތް މީހެއްގެ މައްޗަށް ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހަކު މަރާލަން އުޅުުމުގެ ދައުވާ އުފުލާފައިވެ އެވެ؛
މިދުހަތު އާދަމް، 24، ރިވެލި/ރ. އަލިފުށި
މުހައްމަދު ޖަޒްލާން، 22، ތުނޑި ޖަވާހިރުވިލާ/ލ. ގަން
އަހްމަދު މައިސާން ހާޝިމް، 20، މާލޭ ދަފްތަރު ނަންބަރު 2247
ޝަމާލް ހުސެން، 21، މުސްތަރީގެ/ތ. ގާދިއްފުށި
ޒަޔާން ނާސިރު، 23، ކެމީހިޔާ/އދ. މާމިގިލި
ރަޖުވާން ލަތީފް، 22، މުރިނގު/ލ. މާމެންދޫ
އަބާން އަބްދުލްހައްނާން، 23، ރުވާ/ތ. ދިޔަމިގިލި
މި ހަތް މީހުންގެ މައްޗަށް ކުރަނީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރަން އުޅުނު ކަމުގެ ދައުވާއެވެ. ކްރިމިނަލް ކޯޓުން މިދިޔަ އޭޕްރީލް މަހު ހުކުމްކޮށްފައިވަނީ މި ހަތް މީހުންގެ މައްޗަށް ދައުވާ ސާބިތު ނުވާކަމަށެވެ.
އެމީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައެޅި މައިގަނޑު ސަބަބަކީ ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި ސީސީޓީވީ ކެމެރާގެ ފުޓޭޖްގައިވާ ގަޑި އާއި އެ ހާދިސާ ހިނގި ގަޑިއާ ދިމާނުވާތީ އެކަމާ ސުވާލު އުފައްދައިފަ އެވެ. އެ ހުރި ތަފާތަކީ އެކި އިމާރާތްތަކުގެ ސީސީޓީވީ ކެމެރާގެ ގަޑި ހަމަކޮށްފައި ހުރި ގޮތުން އައިސްފައި ހުރި ފަރަގު ކަމަށްވެ އެވެ.
ނަމަވެސް ހުކުމްގައިވާ ގޮތުން އެކި ކެމެރާތަކުން ނަގާފައިވާ ފުޓޭޖުތަކުން، ގަޑި ތަފާތުކޮށް ފެންނަން ހުރުމުން ފުޓޭޖުގެ ސީކުއެންސް ބްރޭކްވެފައިވާ ކަމަށް ބަލަންޖެހެ އެވެ. ހާދިސާ ހިނގި ވަގުތާއި ހުށަހަޅާފައިވާ އެކި ފުޓޭޖުތަކުގެ ގަޑިއާ ފަރަގުހުރި ސަބަބު ދައުލަތުން ޝަރީއަތަށް ސާފުކޮށްދޭންޖެހޭ ކަމަށް މައްސަލަ ބެއްލެވި ގާޒީ އިބްރާހިމް އިހްސާން ވިދާޅުވި އެވެ.
ޕީޖީ އޮފީހުން ބުނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރަން ނިންމާފައިވާ ކަމަށާއި މި ފެށޭ ހަފްތާގައި މައްސަލަ ހައި ކޯޓަށް ހުށަހަޅާނެ ކަމަށެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
4 ގަޑިއިރު ކުރިން
0
ޔުމްނުގެ ބަޔާން ނަގަން ރަސްމީކޮށް ފުލުހުން ނޭދޭ: އާއިލާ
1 ދުވަސް ކުރިން
0
ކަރަންޓު ކޭބަލްތަކެއް ބުރިކުރިކަމަށް ތުހުމަތުކޮށް މީހަކު ހައްޔަރުކޮށްފި
2 ދުވަސް ކުރިން
0
އެއްބާރުލުން ނުލިބުމުން ޔުމްނުގެ ބަޔާން ނެގުމަށް މެލޭޝިއާ ފުލުހުންގެ އެހީ ހޯދަނީ
2 ދުވަސް ކުރިން
0
ފުލުހުންގެ މައި މަރުކަޒު ހުޅުމާލޭގައި އަޅަން ސޮއިކޮށްފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ތިލަ އުތުރު ވޮލީ މުބާރާތް: މުރައިދޫ ހުއްޓުމެއް ނެތި ކުރިއަށް!
58 މިނެޓް ކުރިން
0
ށ. އަތޮޅުގެ ހުރިހާ ރަށެއްގައި ބީއެމްއެލް އޭޓީއެމް ހިދުމަތް ފަށައިފި
4 ގަޑިއިރު ކުރިން
0
ޔުމްނުގެ ބަޔާން ނަގަން ރަސްމީކޮށް ފުލުހުން ނޭދޭ: އާއިލާ
4 ގަޑިއިރު ކުރިން
0
ތިލަ އުތުރު ވޮލީ މުބާރާތް: އިހަވަންދޫގެ ފެށުން ކާމިޔާބު
4 ގަޑިއިރު ކުރިން
0