ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ގޭންގް ކުށްތައް ހަރުކަށިކުރުމުގެ ބިލް ތަސްދީގުކޮށްފި
އަލީ ރާޒީ
25 މެއި 2025 - 11:56
0
comments
Tweet
Telegram
މީހުން މެރުމާއި ގޭންގްތަކާ ގުޅޭ ބޮޑެތި ކުށްތަކަށް އުމުރަށް ޖަލަށްލުމާ އެކު 10 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭ ގޮތަށް، ސަރުކާރުގެ ފަރާތުން މިދިޔަ އަހަރު ފަހުކޮޅު މަޖިލީހަށް ހުށަހެޅި ގޭންގްތަކާ ބެހޭ ބިލު ރައީސް މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ބިލު ތަސްދީގުކުރުމަށް މިއަދު ރައީސް އޮފީހުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ.
މިއަދު ތަސްދީގުކުރި ބިލްގައިވާ ގޮތުން، ކުށްކުރާ ގްރޫޕްތައް ނުވަތަ ގޭންގްތައް ހޯދަން ޖެހޭނީ ވެސް އާންމު އުސޫލުން ހިންގާ ތަހުގީގެއްގެ ތެރެއިންނެވެ. އެ ތަހުގީގުގެ ތެރެއިން ވަކި ގުރޫޕަކީ ކުށްކުރާ ބައެއްކަން ނުވަތަ ވަކި މީހަކީ ކުށްކުރާ ގުރޫޕަކަށް ނިސްބަތްވާ މީހެއްކަން ފުލުހުން ސާބިތުކޮށްދޭން ޖެހޭނީ އާންމު އުސޫލުން ހެކި ހޯދައިގެންނެވެ.
މިހާރު އަމަލުކުރާ ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނު އޮންނަ ގޮތުން ގޭންގް ލީޑަރުންނާއި މެމްބަރުން ކަނޑައެޅެން އޮންނަނީ ދައުލަތުން ދައުވާކުރުމުން ކޯޓުތަކަށެވެ. މިހާތަނަށް އެ ގާނޫނުގެ ދަށުން އެއްވެސް މީހަކީ ގޭންގް ލީޑަރެއް ކަމަށް އަދި މެމްބަރެއް ކަމަށް ކަނޑައަޅައިފައެއް ނެތެވެ. އަދި އެ ގާނޫނުގެ ދަށުން މީހަކަށް އަދަބެއް ދީފައެއް ނުވެ އެވެ. އެއީ އެ މީހަކު ނިސްބަތްވާ ގްރޫޕުން އާންމުކޮށް ކުރާ ކަމަކީ ގޭންގް ހަރަކާތްތައް ކަން ސާބިތުކޮށް ދިނުގައި ގާނޫނީ ހުރަސްތައް ހުންނާތީ އެވެ.
ގާނޫނުގައިވާ ގޮތުން، މިފަދަ ކުށް ކުރާ ގުރޫޕެއް އުފެއްދުމާއި ހިންގުމަކީ ގާނޫނީ ކުށެކެވެ. އޭގެ އަދަބަކީ 25 އަހަރަށް ޖަލަށްލުމާ އެކު 3 މިލިއަން އާއި 10 މިލިއަން ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރުމެވެ.
މި ގްރޫޕުތަކުން ކުށްކުރަން ބޭނުންކުރާ ތަންތަނުގެ ވެރިފަރާތާއި އެ ތަން ކުއްޔަށް ނަގައިގެން އުޅޭ މީހުން އަދި އެ ތަނުގައި ދިރިއުޅޭ މީހުންނަށް ވެސް ފިޔަވަޅު އެޅޭ ގޮތަށް ގާނޫނުގައިވެ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
7 ގަޑިއިރު ކުރިން
0
އަންނަ އަހަރަކީ ގައުމީ އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި ކަނޑައަޅަނީ
22 ގަޑިއިރު ކުރިން
0
ޔުމްނުގެ ބަޔާން ނަގަން ރަސްމީކޮށް ފުލުހުން ނޭދޭ: އާއިލާ
23 ގަޑިއިރު ކުރިން
0
ކުރީގެ ޕީޖީ ޝަމީމަށް ހަމަލާދިން މީހުން ސަލާމަތްވި މައްސަލަ އިސްތިއުނާފުކުރަން ނިންމައިފި
2 ދުވަސް ކުރިން
0
ކަރަންޓު ކޭބަލްތަކެއް ބުރިކުރިކަމަށް ތުހުމަތުކޮށް މީހަކު ހައްޔަރުކޮށްފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ސިފައިންގެއަށް ވައްދާ ގައުމީ ހިދުމަތުގެ ޕްރޮގްރާމަށް 600އަށް ވުރެ ގިނަ ޒުވާނުން ހުށަހަޅައިފި
2 ގަޑިއިރު ކުރިން
0
ކޯގްރޫޕުގެ ދެވަނަ ބައްދަލުވުމަށް ފޮރިން މިނިސްޓަރު ހަލީލް އިންޑިއާ އަށް
2 ގަޑިއިރު ކުރިން
0
ތިލަ އުތުރު ވޮލީ މުބާރާތް: މިއަދު ހަވީރު މޮޅަދޫ އާއި މުރައިދޫގެ ކުރިމަތިލުމެއް
6 ގަޑިއިރު ކުރިން
0
ގޭންގް ކުށްތައް ހަރުކަށިކުރުމުގެ ބިލް ތަސްދީގުކޮށްފި
6 ގަޑިއިރު ކުރިން
0