ޚަބަރު
ކޯގްރޫޕުގެ ދެވަނަ ބައްދަލުވުމަށް ފޮރިން މިނިސްޓަރު ހަލީލް އިންޑިއާ އަށް
ރާއްޖެ އާއި އިންޑިއާއާ ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ ހައި-ލެވެލް ކޯ ގުރޫޕްގެ ދެވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އިންޑިއާ އަށް މިއަދު ފުރާވަޑައިގެންފި އެވެ.

މިނިސްޓަރު ހަލީލް އިންޑިއާއަށް ވަޑައިގަންނަވަނީ ރާއްޖެ-އިންޑިއާ ހައިލެވެލް ކޯގްރޫޕުގެ ބައްދަލުވުމަކަށެވެ.

މިއީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް ރައީސް މުހައްމަދު މުއިއްޒު މިދިޔަ އޮކްޓޯބަރުގައި އިންޑިއާއަަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެ ލީޑަރުން އެކުލަވާލެއްވި ތަސައްވުރު ތަންފީޒުކުރަން ދެ ގައުމުގެ ދެމެދު މަޝްވަރާކުރަން އެކުލަވާލި ގްރޫޕެކެވެ.

ހައިލެވެލް ކޯގްރޫޕުގެ ބައްދަލުވުން އޮންނާނީ މާދަމާ އެވެ.

މި ދަތުރުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރުއާ ހަލީލު ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަޝްވަރާ ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެ އެވެ.

ހަލީލު އާއެކު ރައީސް އޮފީސް، ޑިފެންސް މިނިސްޓްރީ، ފިނޭންސް މިނިސްޓްރީ، ކޮންސްޓްރަކްޝަން މިނިސްޓްރީ، އިކޮނޮމިކް މިނިސްޓްރީ އަދި ހޯމް މިނިސްޓްރީގެ އިސްވެރިން މި ދަތުރުގައި ބައިވެރިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު