ކުޅިވަރު
ތިލަ އުތުރު ވޮލީ މުބާރާތް: މޮޅަދޫ ބަލިކޮށް، މުރައިދޫން އެއްވަނައިގައި ހަމަޖެހިލައިފި
ހއ. މުރައިދޫ އަންހެން ވޮލީ ޓީމް - ފޮޓޯ: ހޯރަފުށީ ކައުންސިލް
ހއ. ހޯރަފުށީގައި މިހާރު ކުރިއަށްދާ "ތިލައުތުރު ވޮލީ މުބާރާތް 2025" ގައި މިއަދު ހަވީރު މުރައިދޫ އަންހެން ވޮލީ ބޯޅަ ޓީމާއި މޮޅަދޫ އަންހެން ވޮލީ ބޯޅަ ޓީމު ވާދަކުރި މެޗް ސީދާ ތިން ސެޓުން މޮޅުވެ މުބާރާތުގެ ސެމީ ފައިނަލް މުރައިދޫން ޔަގީންކޮށްފި އެވެ. 

މުރައިިދޫ އަންހެން ވޮލީ ބޯޅަ ޓީމުން މިއަދު މޮޅަދޫ ބަލިކުރީ ވެސް ސީދާ ތިން ސެޓުން ނެވެ. އެއީ ފުރަތަމަ ސެޓް 25-11 އިން، ދެވަނަ ސެޓް 25-7 އިން، އަދި ތިން ވަނަ ސެޓް 25-13 އިންނެވެ. 

މިއަދުގެ މެޗްގެ ކްއީން އޮފް ދަ މެޗަކީ މުރައިިދޫ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ސަމީނަތު ހުސެއިން އެވެ. ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވެ މި މުބާރާތުގެ އެންމެ ފަހުގެ ޗެންޕިއަން މުރައިދޫ މިހާރު ވަނީ ސެމީ ފައިނަލް ކަށަވަރުކޮށްފައި އެވެ. 

މި މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ވާދަކުރާނީ ހޯރަފުށި އަދި ދިއްދޫ ވޮލީ ބޯޅަ ޓީމެވެ. 

މި އަހަރުގެ މުބާރާތުގައި ހއ.ގެ ފަސް ރަށަކުން ބައިވެރިވެ އެވެ. އެއީ ހޯރަފުށި، މުރައިދޫ، އިހަވަންދޫ، ދިއްދޫ އަދި މޮޅަދޫ އެވެ. މި މުބާރާތް ކުރިއަށް ދާނީ މި މަހުގެ 31 ގެ ނިޔަލަށެވެ. 

މުބާރާތް ހޯސްޓް ކުރާ ރަށް - ހޯރަފުށީ ކައުންސިލުން ބުނީ މުބާރާތުގެ އެއް ވަނަ އަށް ހޮވޭ ޓީމަށް ހޯރަފުށީ ކައުންސިލާޢީ ޑަބްލިޔުޑީސީ އިން ހަދިޔާ ކުރާ 50000 ރުފިޔާ އަދި ހއ އަތޮޅު ކައުންސިލުން ހަދިޔާ ކުރާ 20000 ރުފިޔާ އެކު ޗެމްޕިއަން ޓީމަށް ޖުލްލަ 70000 ރުފިޔާގެ ލިބޭނެ ކަމަށެވެ.

މީގެ އިތުރުން މުބާރާތުގެ ދެ ވަނަ އަށް ހޮވޭ ޓީމަށް 10000 ރުފިޔާ ދިނުމަށް ހަމަޖެހިފައި ވާ ކަމަށެވެ.  

"ތިލައުތުރު ވޮލީ މުބާރާތް 2025"ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ހޯރަ އޮންލައިން" އެވެ.  

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު