ތިލަ އުތުރު ވޮލީ މުބާރާތް: ދިއްދޫއަށް ހޯރަފުށި ކައިރިން މުހިންމު މޮޅެއް
މަރިޔަމް އަނާ
25 މެއި 2025 - 23:05
0 comments
ހއ. ދިއްދޫ އަންހެން ވޮލީ ޓީމް - ފޮޓޯ: ހޯރަފުށީ ކައުންސިލް
ހއ. ހޯރަފުށީގައި މިހާރު ކުރިއަށްދާ "ތިލައުތުރު ވޮލީ މުބާރާތް 2025" ގައި ހއ. ދިއްދޫ އަންހެން ވޮލީ ބޯޅަ ޓީމުން އިން ހޯރަފުށި އަންހެން ވޮލީ ބޯޅަ ޓީމާއި ވާދަކޮށް މުހިންމު މޮޅެއް ހޯދައިފި އެވެ.
ދިއްދޫ ރޭ ވަނީ މުރައިދޫއާއި ވާދަކޮށް ބަލިވެފަ އެވެ. ނަމަވެސް މިރޭ ހޯރަފުއްޓާއި ވާދަކޮށް ދިއްދޫ މޮޅުވީ 3 ސެޓް 1 ސެޓުން ނެވެ. އެއީ ފުރަތަމަ ސެޓް 25-18 އިން، ދެވަނަ ސެޓް 25-21 އިން، ނެވެ. ނަމަވެސް ތިން ވަނަ ސެޓް ގެން ދިޔައީ ހޯރަފުށިން ނެވެ. އެއީ 25-20 ނެވެ. ހަތަރު ވަނަ ސެޓް ދިއްދޫއިން ނެގީ 25-12 އިންނެވެ. މިރޭގެ މެޗްގެ ކްއީން އޮފް ދަ މެޗަކީ ދިއްދޫ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އައިޝަތު އިބާދާ އެވެ. "ތިލައުތުރު ވޮލީ މުބާރާތް 2025" މި އަހަރު ހއ.ގެ ފަސް ރަށަކުން ބައިވެރިވެ އެވެ. އެއީ ހޯރަފުށި، މުރައިދޫ، އިހަވަންދޫ، ދިއްދޫ އަދި މޮޅަދޫ އެވެ. މުބާރާތުގެ ދެ މެޗެއް މާދަމާ ކުޅެން ހަމަ ޖެހިފައިވާއިރު ހަވީރު ކުޅޭ މެޗުގައި ބައްދަލު ކުރާނީ މޮޅަދޫ އާއި ދިއްދޫ އެވެ. ރޭގަނޑު ކުޅޭ މެޗުގައި މުރައިދޫ ނުކުންނާނީ އިހަވަންދޫ އާއި ދެކޮޅަށެވެ. މި މުބާރާތް ކުރިއަށް ދާނީ މި މަހުގެ 31 ގެ ނިޔަލަށެވެ. "ތިލައުތުރު ވޮލީ މުބާރާތް 2025"ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ހޯރަ އޮންލައިން" އެވެ.
ކިޔުންތެރިންގެ ޝުއޫރު