ތިލަ އުތުރު ވޮލީ މުބާރާތް: މިއަދު ހަވީރު މޮޅަދޫ އާއި މުރައިދޫގެ ކުރިމަތިލުމެއް
އިސްމާއިލް ރިޒާ
25 މެއި 2025 - 12:30
0 comments
ހއ. މުރައިދޫ އަންހެން ވޮލީ ޓީމް - ފޮޓޯ: ހޯރަފުށީ ކައުންސިލް
ހއ. ހޯރަފުށީގައި މި ހާރު ކުރިއަށްދާ "ތިލައުތުރު ވޮލީ މުބާރާތް 2025" ގައި މިއަދު ހަވީރު މުރައިދޫ އަންހެން ވޮލީ ބޯޅަ ޓީމާއި މޮޅަދޫ އަންހެން ވޮލީ ބޯޅަ ޓީމު ވާދަކުރަން ތައްޔާރުވެއްޖެ އެވެ.
ހޯރަފުށީ ވޮލީ ބޯޅަ ކޯޓުގައި މި މެޗް ފަށާނީ މިއަދު ހަވީރު 16:00 ގައި އެވެ. މުރައިދޫ އަންހެން ވޮލީ ބޯޅަ ޓީމުން ވަނީ މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެފަ އެވެ. މިރޭ ކުޅޭ މެޗުގައި ދިއްދޫ ނިކުންނާނީ ހޯރަފުއްޓާއި ދެކޮޅަށެވެ. މި އަހަރުގެ މުބާރާތުގައި ހއ.ގެ ފަސް ރަށަކުން ބައިވެރިވެ އެވެ. އެއީ ހޯރަފުށި، މުރައިދޫ، އިހަވަންދޫ، ދިއްދޫ އަދި މޮޅަދޫ އެވެ. މި މުބާރާތް ކުރިއަށް ދާނީ މި މަހުގެ 31 ގެ ނިޔަލަށެވެ. މުބާރާތް ހޯސްޓް ކުރާ ރަށް - ހޯރަފުށީ ކައުންސިލުން ބުނީ މުބާރާތުގެ އެއް ވަނަ އަށް ހޮވޭ ޓީމަށް ހޯރަފުށީ ކައުންސިލާޢީ ޑަބްލިޔުޑީސީ އިން ހަދިޔާ ކުރާ 50000 ރުފިޔާ އަދި ހއ އަތޮޅު ކައުންސިލުން ހަދިޔާ ކުރާ 20000 ރުފިޔާ އެކު ޗެމްޕިއަން ޓީމަށް ޖުލްލަ 70000 ރުފިޔާގެ ލިބޭނެ ކަމަށެވެ.މީގެ އިތުރުން މުބާރާތުގެ ދެ ވަނަ އަށް ހޮވޭ ޓީމަށް 10000 ރުފިޔާ ދިނުމަށް ހަމަޖެހިފައި ވާ ކަމަށެވެ. "ތިލައުތުރު ވޮލީ މުބާރާތް 2025"ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ހޯރަ އޮންލައިން" އެވެ.
ކިޔުންތެރިންގެ ޝުއޫރު