ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ސިފައިންގެއަށް ވައްދާ ގައުމީ ހިދުމަތުގެ ޕްރޮގްރާމަށް 600އަށް ވުރެ ގިނަ ޒުވާނުން ހުށަހަޅައިފި
މަރިޔަމް އަނާ
25 މެއި 2025 - 16:38
0
comments
Tweet
Telegram
ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވާ ގައުމީ ހިދުމަތުގެ ޕްރޮގްރާމްގައި ބައިވެރިވާން މިހާތަނަށް 600 އަށްވުރެ ގިނަ މީހުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު އޮތް، ގޭންގު ކުށްތަކުގެ އަދަބު ހަރުކަށިކުރާ ބިލު ތަސްދީގުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ގައުމީ ޚިދުމަތުގެ ޕްރޮގްރާމަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.
މިދިޔަ މަހުގެ 30ވަނަ ދުވަހު ވަނީ ގައުމީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވާން ފުރުސަތު ހުޅުވައިލައިފައެވެ. އަންނަ މަހުގެ އެކެއްގެ ނިޔަލަށް އެ ފުރުސަތު އޮންނާނެއެެވެ.
އެގޮތުން އެ ކަމަށް ކުރިމަތިލި މީހުންގެ އަދަދުތައް ހިއްސާކުރައްވަމުން އެ މަނިކުފާނު ވިދާޅުވީ މިއަދާ ގަމައަށް ޖުމްލަ 658 މީހުން ކުރިމަތިލައިފައިވާ ކަމަށެވެ.
އެއީ 538 ފިރިހެން ކުދިންނާއި 120 އަންހެން ކުދިންނެވެ.
ޖުމްލަ އަދަދުގެ، ބެލެނިވެރިޔާގެ ހުއްދައާއެކު 16 އަހަރާއި 18 އަހަރާ ދެމެދުގެ 316 ކުދިން ބައިވެރިވާން ހުށަހަޅައިފައިވާ ކަމަށް ވެސް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
ގައުމީ ހިދުމަތުގެ ޕްރޮގްރާމަކީ ކިޔަވައި ނިމޭ ތަނުން ވަޒީފާގެ މާހައުލަށް ނުވަތަ ތައުލީމު ހާސިލުކުރުމަށް ދަތިވާ ޒުވާނުން ގައުމަށް ބޭނުންތެރި ބަޔަކަށް ހަދާ ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމުގެ މަގުސަދުގައި ހިންގާ ޕްރޮގްރާމެއް ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ރައީސްގެ އެ ވިސްނުން އިއުލާންކުރެއްވީ މިދިޔަ އަހަރު ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ.
ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވާ ގޮތުގައި ގައުމީ ހިދުމަތުގެ ޕްރޮގްރާމަށް ހާއްސަ ގާނޫނެއް ވަރަށް އަވަހަށް ފާސްކުރާނެ އެވެ. ގާނޫނު އެކުލަވާލާއިރު، އިތުރު ތަފްސީލްތައް ކަނޑައަޅާނެ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މި ޕްރޮގްރާމްގައި ބައިވެރިވާ މީހުންނަށް އެލަވަންސެއް ވެސް ހަމަޖައްސާނެ ކަަމަށެވެ.
"ފައިނަލް ކުރުމުގެ މަރުހަލާގައި މިއުޅެނީ. ގާތްގަނޑަކަށް 6،000 ރުފިޔާގެ އެލަވަންސެއް އޮތް ޕްރޮގްރާމެއް ފަށާއިރު ދޭން މި މަސައްކަތް ކުރަނީ،" ރައީސް ވިދާޅުވި އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
24 ދުވަސް ކުރިން
0
ގައުމީ ހިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވާލައިފި
26 ދުވަސް ކުރިން
0
ގެއްލުނު ދޯނި ފެނިއްޖެ، އެންމެންގެ ހާލު ރަނގަޅު
1 މަސް ކުރިން
0
ސިފައިންނަށް ލިބޭ ކޮންމެ ކުރިއެރުމަކާ މެދު ގައުމީ ލޯބި ހުންނަ މީހުން ފަހުރުވެރިވާނެ: ރައީސް
1 މަސް ކުރިން
0
ދައުލަތް ދެމެހެއްޓުމުގެ މަސައްކަތް ކުރާނީ ސިފައިން: ރައީސް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އަލަށް ހެދި ތެލަސީމިއާ ސެންޓަރު ރައީސް ހުޅުވައިދެއްވައިފި
3 މިނެޓް ކުރިން
0
ތިލަ އުތުރު ވޮލީ މުބާރާތް: މޮޅަދޫ ބަލިކޮށް، މުރައިދޫން އެއްވަނައިގައި ހަމަޖެހިލައިފި
36 މިނެޓް ކުރިން
0
ސިފައިންގެއަށް ވައްދާ ގައުމީ ހިދުމަތުގެ ޕްރޮގްރާމަށް 600އަށް ވުރެ ގިނަ ޒުވާނުން ހުށަހަޅައިފި
4 ގަޑިއިރު ކުރިން
0
ކޯގްރޫޕުގެ ދެވަނަ ބައްދަލުވުމަށް ފޮރިން މިނިސްޓަރު ހަލީލް އިންޑިއާ އަށް
4 ގަޑިއިރު ކުރިން
0