
ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ހައި އިމްޕެކްޓު ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ތިން ވަނަ ފިޔަވަހީގެ އެގްރިމެންޓުގައި ސޮއިކުރެއްވީ ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީނާއި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އަދި އިންޑިއާއިން ރާއްޖެ ކަނޑައަޅާފައިވާ ސަފީރު ޖީ ބަލަސުބްރަމަނިއަމް އެވެ.މިދިޔަ ސަރުކާރުގައި ފެށި އާރުޓީއެލްގެ ހިދުމަތް ފުޅާކުރުމުގެ އެއްބަސްވުމުގެ ދަށުން ދޭ 100 މިލިއަން ރުފިޔާއަށް ބަންނަން ނިންމާފައިވާނީ 12 ފެރީ އެވެ.ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ފެރީތައް ބަންނާނެ ބަޔަކު ހޯދަން ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ.