ކުޅިވަރު
ތިލަ އުތުރު ވޮލީ މުބާރާތް: މިއަދު ހަވީރު މޮޅަދޫ ނިކުންނާނީ ދިއްދޫއާއި ދެކޮޅަށް
މޮޅަދޫ އަންހެން ވޮލީ ޓީމް - ފޮޓޯ: ހޯރަފުށީ ކައުންސިލް
ހއ. ހޯރަފުށީގައި މިހާރު ކުރިއަށްދާ "ތިލައުތުރު ވޮލީ މުބާރާތް 2025" ގައި މިއަދު ހަވީރު މޮޅަދޫ އަންހެން ވޮލީ ބޯޅަ ޓީމާއި ދިއްދޫ އަންހެން ވޮލީ ބޯޅަ ޓީމު ވާދަކުރަން ތައްޔާރުވެއްޖެ އެވެ. 

ހޯރަފުށީ ވޮލީ ބޯޅަ ކޯޓުގައި މި މެޗް ފަށާނީ މިއަދު ހަވީރު 16:00 ގައި އެވެ. މިރޭ ކުޅޭ މެޗުގައި އިހަވަންދޫ ނިކުންނާނީ މުރައިދޫ އާއި ދެކޮޅަށެވެ. މުރައިދޫން ވަނީ މިހާތަނަށް މުބާރާތުގައި ކުޅުނު ހުރިހާ މެޗެއް ވެސް ކާމިޔާބުކޮށްފައި އެވެ.

މި އަހަރުގެ މުބާރާތުގައި ހއ.ގެ ފަސް ރަށަކުން ބައިވެރިވެ އެވެ. އެއީ ހޯރަފުށި، މުރައިދޫ، އިހަވަންދޫ، ދިއްދޫ އަދި މޮޅަދޫ އެވެ. މި މުބާރާތް ކުރިއަށް ދާނީ މި މަހުގެ 31 ގެ ނިޔަލަށެވެ. 

މުބާރާތް ހޯސްޓް ކުރާ ރަށް - ހޯރަފުށީ ކައުންސިލުން ބުނީ މުބާރާތުގެ އެއް ވަނަ އަށް ހޮވޭ ޓީމަށް ހޯރަފުށީ ކައުންސިލާޢީ ޑަބްލިޔުޑީސީ އިން ހަދިޔާ ކުރާ 50000 ރުފިޔާ އަދި ހއ އަތޮޅު ކައުންސިލުން ހަދިޔާ ކުރާ 20000 ރުފިޔާ އެކު ޗެމްޕިއަން ޓީމަށް ޖުލްލަ 70000 ރުފިޔާގެ ލިބޭނެ ކަމަށެވެ.

މީގެ އިތުރުން މުބާރާތުގެ ދެ ވަނަ އަށް ހޮވޭ ޓީމަށް 10000 ރުފިޔާ ދިނުމަށް ހަމަޖެހިފައި ވާ ކަމަށެވެ.  

"ތިލައުތުރު ވޮލީ މުބާރާތް 2025"ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ހޯރަ އޮންލައިން" އެވެ.  

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު