އެމްއޭސީއެލްގެ ޗެއާޕާސަނަކަށް ނޫރައިން ޖަނާހު އައްޔަންކޮށްފި
މަރިޔަމް އަނާ
29 މެއި 2025 - 16:51
0 comments
އައިޝާ ނޫރައިން ޖަނާހު: އޭނާ ވަނީ އެމްއޭސީއެލްގެ ޗެއާޕާސަންގެ މަގާމަށް އައްޔަންކޮށްފައި
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޗެއާޕާސަންގެ މަގާމަށް އައިޝާ ނޫރައިން ޖަނާހު މިއަދު އައްޔަންކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ދެންމެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެމްއޭސީއެލްގެ ޗެއާޕާސަން ކަމަށް ހ. ސީސައިޑް، ނޫރައައިން އައްޔަން ކޮށްފައިވާ ކަމަށެވެ.މިއީ އެމްއޭސީއެލްގެ ޗެއާޕާސަންގެ މަގާމަށް އަންހެން ބޭފުޅަކު އައްޔަންކުރެއްވި ފުރަތަމަ ފަހަރެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ނޫރައިން އެންމެ ފުރަތަމަ އައްޔަންކުރެއްވީ އެމްއެމްޕީއާރްސީގެ ޗެއާޕާސަންގެ މަގާމަށެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ ޑިސެމްބަރު 27، 2023 ގައެވެ. އެކަމަކު އެމްއެމްޕީއާރްސީގެ ބޯޑު މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް އުފެދި، ނޫރައިން ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 21 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
ނޫރައިން އަކީ ޕްރިންސިޕަލް އެޑްވައިޒަ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓްގެ މަގާމުގައި ހުންނެވި މުހައްމަދު އަލީ ޖަނާހްގެ ދޮށީ ދަރިކަނބަލުންނެވެ.
ހަޔާތުގައި ގިނަ އަހަރުތަކެއް ސްވިޒަލޭންޑްގައި ހޭދަކުރައްވާފައިވާ ނޫރައިން އަކީ ޗާޓާޑް އެކައުންޓަންޓެކެވެ. ނޫރައިން އަކީ 10 އަހަރުގެ މެނޭޖުމަންޓް ތަޖުރިބާ ވެސް ހުންނެވި އަދި ޖަނާހުގެ ހޮޓެލްސް އެންޑް ރިސޯޓް އިންވަސްޓްމަންޓް ގްރޫޕްގައިވެސް ވައިސް ޗެއާ އެވެ.
ކިޔުންތެރިންގެ ޝުއޫރު