ޖޭއެސްސީއަށް އާންމުންގެ ތެރެއިން މެމްބަރަކު ހޯދަނީ
ހަސަން ހަލީމް
12 ޖޫން 2025 - 16:23
0 comments
ޖުޑީޝަލް ސާވިސް ކޮމިޝަންގެ އެތެރޭގައި ގާނޫނީ ވަކީލުންތަކެއް - ފޮޓޯ: ދައުރު
ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ހުޅުވާލައިފި އެވެ.
އެ މަގާމަށް ކުރިމަތިލާން ހުޅުވާލީ އެ މަގާމުގައި މިހާރު ހުންނެވި އައިމިނަތު އުއްމުކުލްސޫމްގެ ދައުރު އަންނަ އޮގަސްޓް މަހު ހަމަވާތީ އެވެ.ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކުރި އިއުލާނެއްގައި ބުނިގޮތުގައި އަންނަ މަހުގެ 3 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް އެ މަގާމަށް ކުރިމަތިލެވޭނެ އެވެ. އެ އެޕްލިކޭޝަން ފޯމާ އެކު ކުށާއި ދަރަނީގެ ރިކޯޑު ފޯމާއި ވަނަވަރާއި ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ހުށަހަޅަން ޖެހެ އެވެ.ޖޭއެސްސީގެ މެމްބަރަކު ކަމުގައި ހުރެވޭނީ ފަސް އަހަރުގެ މުއްދަތަކަށެވެ.ޖޭއެސްސީ އެކުލެވިގެންވަނީ 10 މެންބަރުންގެ މައްޗަށެވެ. އާންމުން ތަމްސީލު ކުރައްވާ މެންބަރެއްގެ ގޮތުގައި ޖޭއެސްސީގައި މިހާރު އިންނަވަނީ ޑރ. އައިމިނަތު އުއްމުލްސޫމް އެވެ.
ކިޔުންތެރިންގެ ޝުއޫރު