ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ފަނޑިޔާރުންގެ ހައްގެއް ނުދީ އޮތްނަމަ ޖޭއެސްސީގެ ނިންމުން ބާތިލް: ކޮމަންވެލްތު ލޯޔާސް އެސޯސިއޭޝަން
އަލީ ރާޒީ
11 މެއި 2025 - 12:08
0
comments
Tweet
Telegram
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ، މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރަށް ދިފާއީ ހައްގުތައް ފުރިހަމަ ގޮތުގައި ދީފައި ނެތް ނަމަ، ރައްޔިތުންގެ މަޖިލީހުން އެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ބޭރުކުރަން ކޮމަންވެލްތުގައި ހިމެނޭ ގާނޫނީ ވަކީލުންގެ ޖަމިއްޔާއިން އިއްޔެ ގޮވާލައިފި އެވެ.
ސިޔާސީ ޕާޓީތަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ހުށެހެޅި މައްސަލަ ބަލަން ފެށުމުން ތިން ފަނޑިޔާރެއްގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަނުން ބަލަން ފެށި އެވެ. އެއީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދެވެ.
އޭގެ ފަހުން ފަނޑިޔާރު ސުއޫދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. ސުއޫދު އިސްތިއުފާ ދެއްވީ، ރައީސް މުހައްމަދު މުއިއްޒާއި ބަންޑާރަނައިބު އަހުމަދު އުޝާމް ފަނޑިޔާރުންނަށް ބިރު ދައްކަވާ ކަމަށް ވިދާޅުވެ އިހުތިޖާޖް ކުރެއްވުމުގެ ގޮތުންނެވެ.
ކޮމަންވެލްތު ވަކީލުންގެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ ފަނޑިޔާރުންގެ ތަހުގީގު ޖޭއެސްސީއިން ކުރިއަށް ގެންދިޔައީ ޑިއު ޕްރޮސެސްއަށް ބެލުމެއް ނެތި ކަމަށް ފަނޑިޔާރުންގެ ފަރާތުން ފާހަގަކޮށްފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ގޮވާލާފައި ވަނީ، ފަނޑިޔާރުންގެ ތަހުގީގުގައި ޑިއު ޕްރޮސެސް ފޮލޯކޮށްފައިނުވާ ނަމަ އަދި ދިފާއުވުމުގެ ފުރުސަތު ދީފައިނުވާ ނަމަ މައްސަލަ ބޭރުކޮށްލުމަށެވެ.
ސީއެލްއޭއިންވަނީ ޝަރުޢީ ދާއިރާގެ މިނިވަންކަން ރައްކާތެރިކުރުމަށް އޮތް ހަރުކަށި ބައިނަލްއަޤްވާމީ މިންގަނޑުތަކަށް އިޙްތިރާމްކޮށް، އެއަށް ތަބާވުމަށް ރައްޔިތުންގެ މަޖިލީހަށް ގޮވާލައިފައެވެ.
އެ އެސޯއިއޭޝަނުން ބުނީ، ރާއްޖޭގެ ބާކައުންސިލާއި، ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި، ކޮމަންވެލްތު ސެކްރެޓަރީއާއި ޝަރުއީ ދާއިރާގެ ޚާއްސަ ރިޕޯޓަރަކާ ގުޅިގެން އެ ތަނުން ވެސް މި މައްސަލަ ބަލަމުން ގެންދާނެ ކަމަށެވެ.
ކޮމަންވެލްތު ލޯޔާސް އެސޯސިއޭޝަނަކީ ކޮމަންވެލްތުގެ ހުރިހާ ގައުމެއްގައި ގާނޫނުގެ ހުކޫމަތު ކުރިއެރުވުމާއި ދެމެހެއްޓުމަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެކެވެ.
މި ޖަމިއްޔާގެ މަގުސަދަކީ އެންމެ މަތީ ދަރަޖައިގެ އަޚުލާގާއި ތެދުވެރިކަމާއެކު، މިނިވަން އަދި ހަރުދަނާ ޤާނޫނީ ފަންނުވެރިންތަކެއް ކޮމަންވެލްތުގެ ރައްޔިތުންނަށް ޚިދުމަތްކުރާކަން ކަށަވަރުކުރުމެވެ.
ކޮމަންވެލްތުގެ ލޯޔާސް އެސޯސިއޭޝަނުން، ރާއްޖޭގެ ބަ ކައުންސިލާއި ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަމަށް މަސައްކަތްކުރާ އދ.ގެ ރެޕިއުޓާގެ މަންދޫބާ އެކު މި މައްސަލަ މޮނިޓާކުރަމުންދާނެ ކަމަށް ބުންޏެވެ.
މި މައްސަލާގައި ފަނޑިޔާރު އަޒްމިރަލްދާގެ ފަރާތުން، ޝަފައީ 11 ހެކި (ހެކިވެރިން) އަދި 17 ކިތާބީ ހެކި ހުށަހެޅުއްވި އެވެ. ހެކިވެރިންގެ ހެކިބަސް ނެގުމަށް ވެސް އެދިވަޑައިގަތް ނަމަވެސް އެކަން ޖޭއެސްސީން ކޮށްފައެއް ނުވެ އެވެ.
ޖޭއެސްސީން ތަހުގީގު ހިންގަން އެކުލަވާލި ތަހުގީގު ކޮމިޓީގެ ފައިނަލް ރިޕޯޓްގައި ވެސް އަޒްމިރަލްދާ ހުށަހެޅުއްވި ހެކިންނަށް ވަކިން ރިއާޔަތްކޮށްފައެއް ނެތެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
15 ގަޑިއިރު ކުރިން
0
މަހާޒާއި އަޒްމިރަލްދާ ވަކިކުރަން ކޮމިޓީން ނިންމައިފި
1 ދުވަސް ކުރިން
0
ފަނޑިޔާރު އަޒްމިރަލްދާ ހާޒިރުނުކުރަން ކޮމިޓީން ފާސްކޮށްފި
4 ދުވަސް ކުރިން
0
އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔާކުރައްވަން ހުށަހަޅުއްވައިފި
6 ދުވަސް ކުރިން
0
ފަނޑިޔާރުންނަށް މަޖިލީހުގައި ޖަވާބުދާރީވާން ފުރުސަތު ދޭން ބާ ކައުންސިލުން އެދިއްޖެ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ތެރަޕީ ނަގަންދިޔަ ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ބަލަން ފަށައިފި
15 ގަޑިއިރު ކުރިން
0
ކުރިއަށް އޮތީ މޫސުން ގޯސް ދުވަސްތަކެއް
15 ގަޑިއިރު ކުރިން
0
ޔުމްނު ވެއްޓުނު މައްސަލައާ ގުޅުންހުރި މީހުންނާ ބައްދަލުކޮށް މައުލޫމާތު އެއް ކުރަނީ
15 ގަޑިއިރު ކުރިން
0
ލަންކާގައި ބަހެއް ވެއްޓި 21 މީހަކު މަރުވެއްޖެ
15 ގަޑިއިރު ކުރިން
0