ވިޔަފާރި
ދުވާލަކު 1،000 ޓަނުގެ ފެން އުފެއްދޭ އާ ޕްލާންޓެއް މާލޭގައި ބަހައްޓައިފި
މާލޭގައި ދުވާލަކު 1،000 ޓަނުގެ ފެން އުފެއްދޭ އާ އާރުއޯ ޕްލާންޓެއް އެމްޑަބްލިއުއެސްސީން ބަހައްޓައިފި އެވެ.

އެމްޑަބްލިއުއެސްސީގެ މަރުކަޒަށް އިތުރުކުރި ފެން އުފައްދާ އައު ޕްލާންޓާއެކު، މާލޭގައި ދުވާލަކު 28،000 ޓަނުގެ ފެން އުފެއްދޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ރޭޓާ މާލޭ ސަރަހައްދުގެ ވޯޓާ ސެކިއުރިޓީ ޕްލޭންގެ ދަށުން، އެމްޑަބްލިއުއެސްސީން ފެން އުފެއްދުން ޑީސެންޓްރަލައިޒްކޮށް، މާލޭގެ ދެ ސަރަހައްދެއްގައި ފެން އުފައްދަން ޕްލާންޓްތައް ބަހައްޓާފައިވެ އެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުއްމަތީން މުހައްމަދު މި އަހަރުގެ ކުރީކޮޅު ވިދާޅުވެފައި ވަނީ މާލެ ސަރަހައްދުގައި ފެން އުފައްދާ މިންވަރު އިތުރު ކުރުމަށް ކުރާ މަސައްކަތުގެ ދަށުން، ކުންފުނީގެ އަނެއް ހިއްސާދާރު ޖަޕާންގެ ހިޓާޗީއާ އެކު 10،000 ޓަނުގެ ފެން އުފެއްދުމުގެ ގާބިލްކަން އިތުރުކުރާނެ ކަމަށެވެ.

މާލެ އާއި ހުޅުމާލޭގެ ފެނުގެ ނިޒާމު ގުޅާލުމުގެ މަސައްކަތުގެ ދަށުން ފެން ހޮޅި ޓެސްޓު ކުރުމުގެ މަސައްކަތް މާޗު މަހުގެ ތެރޭގައި ވަނީ ފަށައިފަ އެވެ. އެމްޑަބްލިއުއެސްސީން ބުނެފައިވަނީ ސިނަމާލެ ބްރިޖާ އެކު އެ ހޮޅިން ދުވާލަކު 20،000 ޓަނުގެ ފެން ދައުރު ކުރާނެ ކަމަށެވެ

އެމްޑަބްލިޔުއެސްސީން ބުނީ އެ ކުންފުނީގެ އަމާޒަކީ މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ހިދުމަތް އެންމެންނަށް ވެސް ފޯރުކޮށްދިނުން ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު