
ޑޮކްޓަރީ ބޭހާއި މެޑިކަލް ކޮންޒިއުމަބަލްސް އާއި މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގެނައުމަށް ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ނުވަވަނަ ދުވަހުގަ އެވެ.ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ބޭސް އެތެރެކުރަން ވަކި ކުންފުންޏެއް އުފެއްދުމުގެ ސަބަބުން މުޅި ނިޒާމުގައި ހުރި މައްސަލަތައް ދެނެގަނެވި، އެ މައްސަލަތައް ހައްލުކުރަން މަސައްކަތް ކުރާނެ ހާއްސަ ބަޔަކު އުފެދިފައިވާ ކަމަށެވެ."މިހާރު އެ ކުންފުނީގެ މަސައްކަތް ފެށިގެން އެބަ ކުރިއަށްދޭ. ބޭސް އެތެރެކުރުމުގެ މަސައްކަތް ފަށައިފި. އެ ކުންފުނިން ވަރަށް އަވަހަށް ކުރިއެރުންތަކުގެ މައުލޫމާތުތައް ހިއްސާކޮށްދޭނެ. މިހާރު ބައެއް ބޭސްތައް ކުންފުނިން އެތެރެކޮށްގެން ސަޕްލައިކުރަން ފަށައިފި ރަށްރަށަށް" ނާޒިމް ވިދާޅުވި އެވެ.މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ ނުވަވަނަ ދުވަހު އެ ކުންފުނީގެ ޗެއާމަންގެ މަގާމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމްވަނީ އައްޔަންކުރައްވައިފިއެވެ. މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރައްވާފައިވަނީ ޑރ. ޝާހު މާހިރެވެ.މިހާރު ވެސް ސައްތައިންސައްތަ ސަރުކާރު ކުންފުންޏެއްގެ ގޮތުގައި، އެސްޓީއޯއިން އަންނަނީ ރާއްޖެއަށް ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގެނެސް ވިއްކަމުންނެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެސްޓީއޯގެ ބޭސް ފިހާރަތައް ވެސް ވަނީ ގާއިމްކޮށްފައެވެ.