ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
މިދިޔަ އަހަރު 363 ބޭހެއް އަލަށް ރަޖިސްޓްރީކުރި
ހުސެން ރަޝީދު
05 މާޗް 2026 - 16:28
0
comments
Tweet
Telegram
ރާއްޖެއަށް ބޭސް ލިބުމުގައި ކުރިމަތިވެފައިވާ ދަތިތައް ހައްލު ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން މިދިޔަ އަހަރު މުޅިން އަލަށް 363 ބޭހެއް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ރަޖިސްޓްރީކޮށްފައިވާ ކަމަށް އެ އިދާރާއިން ބުނެފި އެވެ.
މިދިޔަ އަހަރުވެސް ގިނަ އަދަދެއްގެ ޑޮކްޓަރީ ބޭސް ރަޖިސްޓްރީކުރުމަށް އެ އޮޓޯރިޓީއަށް ވަނީ ހުށައަޅާފައެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮޓޯރިޓީއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު މުޅި ޖުމްލަ 594 ބޭސް ވަނީ ރަޖިސްޓްރީކުރުމަށް ހުށައަޅާފައެވެ. މީގެތެރެއިން ރަޖިސްޓްރީކޮށްދީފައިވަނީ 363 ބޭހެކެވެ. އަދި 231 ބޭހެއް ރިޖެކްޓް ކުރެވިފައިވާކަމަށް އެ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ޑޮކްޓަރީ ބޭސް ރަޖިސްޓްރީކުރުމުގެ ހުއްދަދޭއިރު ޑޮކްޓަރީ ބޭސް ވިއްކުމުގެ ހުއްދަވެސް އެ އޮޓޯރިޓީން ދަނީ ކުރަމުންނެވެ. އެގޮތުން މުޅިން އަލަށް މާލެ ސަރަހައްދުގައި 33 ފާމަސީއެއް ވަނީ ރަޖިސްޓްރީކޮށްފައެވެ. އަދި އަތޮޅުތެރޭގައި 36 ފާމަސީއެއް ރަޖިސްޓްރީކޮށްފައިވެއެވެ.
އެމްއެފްޑީއޭ ބުނީ މިހާތަނަށް ރާއްޖޭގެ އެކި ސަރަހައްދުގައި އެ އިދާރާއިން ހުއްދަ ދީގެން 445 ފާމަސީއެއް ހިންގަމުން އަންނަ އިރު އެކި މައްސަލަތައް މެދުވެރިގެން 33 ފާމަސީއެއްގެ ހުއްދަ ބާތިލުކުރި އެވެ. އަދި އަލަށް 20 ފާމަސީއަކަށް ހުއްދަ ދީފައިވެ އެވެ.
ރާއްޖޭގައި ހިންގަމުން އަންނަ 445 ފާސަމީގެ ތެރެއިން 270 ތަނަކީ އަތޮޅު ތެރޭގައި ހުރި ތަންތަނެވެ. މާލެ ސަރަހައްދުގައި އެމްއެފްޑީއޭގެ ހުއްދައާއެކު ހިންގަމުން އަންނަނީ 175 ފާމަސީއެކެވެ.
މިވަގުތު ރާއްޖެއަށް ބޭސް އެތެރެކުރުމުގެ ހުއްދަ ދީފައި ވަނީ 63 ފަރާތަކަށެވެ. މިދިޔަ އަހަރު އަލަށް 15 ފަރާތަކަށް ރާއްޖެއަށް ބޭސް އެތެރެކުރުމުގެ ހުއްދަ އެމްއެފްްޑީއޭއިން ދިނެވެ.
ބޭހުގެ އަގު ކޮންޓްރޯލް ކުރުމުގެ މަސައްކަތް ވެސް ސަރުކާރުން ވަނީ 2022 ވަނަ އަަހަރުގެ ތެރޭގަ ފަށައިފަ އެވެ. 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން އާސަންދަ ސްކީމުގެ ދަށުން އެންމެ ގިނައިން ދޫކުރެވޭ 250 ބޭހުގެ އަގު ކޮންޓްރޯލުކުރުމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ވަނީ ނިންމައިފަ އެވެ.
"މިހާރުވެސް ބައެއް ބޭސްތަކަށް މެކްސިމަމް ރީޓެއިލް ޕްރައިސްތައް ކަނޑައެޅިގެން ކޮންޓްރޯލް އަގެއްގަ އެބަ ހިންގޭ، އެހެން ނަމަވެސް އެންމެ ފުޅާ ދާއިރާއެއްގައި މުޅި ލިސްޓަށް މެކްސިމަމް ރީޓެއިލް ޕްރައިސެއް ތައްޔާރުކުރުމުގެ މަޝްވަރާތައް އެބަކުރިއަށްދޭ، އަޅުގަނޑަށް ކަނޑައެޅިގެން މިވެނި ތާރީހެއްގައި މުޅި ލިސްޓު އެއްކޮށް ނިންމާލެވޭނޭ އެހެން ދަންނަވަން ދަތި،" ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ހެލްތް މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
10 ދުވަސް ކުރިން
0
އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރެވޭ ގޮތް ހަދާ ބިލު ފާސްކޮށްފި
11 ދުވަސް ކުރިން
0
މާލެ ސަރަހައްދުން ހިމަބިހީގެ 2 ކޭސް ފެނިއްޖެ
13 ދުވަސް ކުރިން
0
އޭޑީއެޗްޑީ ބޭސް މިތައިލްފެނިޑޭޓް، މަނާ ލިސްޓުން އުނިކުރުމަށް މަޖިލީހުން ފާސްކޮށްފި
20 ދުވަސް ކުރިން
0
އޭޑީއެޗްޑީގެ ބޭހެއް މަނާ ލިސްޓުން އުނި ކުރަނީ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ބޭހުގެ މައްސަލައަށް ދެ މަސް ތެރޭގައި ރަނގަޅު ހައްލެއް ގެނެވޭނެ: ރައީސް
2 ގަޑިއިރު ކުރިން
0
ދަރަނިތައް އަދާކުރުމާއެކު ދައުލަތުގެ ރިޒާވު 771 މިލިއަނަށް ތިރިވެއްޖެ
2 ގަޑިއިރު ކުރިން
0
ހިމަބިހި ކޭސްތައް އިތުރު ؛ އައިޖީއެމްއެޗުގައި ހެލްޕު ޑެސްކެއް!
3 ގަޑިއިރު ކުރިން
0
ޓެކްނިކަލް ޑައިވިންއަށް ހުއްދަދިނުމަށް ގާނޫނެއް ހަދަނީ
17 ގަޑިއިރު ކުރިން
0