
މިއަދު އެމްްއެންއެސްޑީއޭގައި ބޭއްވި ބައްދަލުވުމުގައި އެ އޮތޯރިޓީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ. ޒަހުރާ މުޙައްމަދެވެ. ދިވެހި ބޭސްވެރިންގެ ޖަމްއިއްޔާގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމްއިއްޔާގެ ރައީސް މުޙައްމަދު އަހުމަދެވެ.އެ ފަހުމުނާމާގެ ދަށުން ދިވެހިބޭސްވެރިކަމުގެ ދާއިރާގައި ފަސް އަހަރަށްވުރެ ދިގުމުއްދަތެއްގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އެމްއެންއެސްޑީއޭ ގެ ނޭޝަނަލް ޓްރޭޑް ޓެސްޓިން އެންޑް ސެޓިފިކޭޝަން ޕްރޮގުރާމު މެދުވެރިކޮށް ނޭޝަނަލް ސެޓްފިކެޓް ހާސިލުކުރެވޭނެ މަގު ފަހިވެ، އެފަދަ ތަމްރީނު ޕްރޮގްރާމުތައް އެސެސްކުރާނެ ނޭޝަނަލް އެސެސަރުން ރެޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވި، އެ ދާއިރާއިން އަލަށް ތަމްރީނުވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވެސް ލިބިގެންދާނެކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.ނެތެމުންދާ ފަންނުތައް ދިރުވައި އާލާކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. އެގޮތުން އެމްއެންއެސްޑީއޭ އިން ދަނީ މިފަދަ ދާއިރާތަކަށް ޚާއްސަ ސްޓޭންޑަޑްތައް ތައްޔާރުކުރަމުންނެވެ.