ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އެމްޑީޕީން މާލެ ސިޓީއަށް ހުށަހަޅާ މެނިފެސްޓޯ ލޯންޗުކޮށްފި
ހުނައިދާ ޔާސިރު
09 މާޗް 2026 - 15:52
0
comments
Tweet
Telegram
ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އިދިކޮޅު އެމްޑީޕީން މާލެއަށް ތައްުޔާރު ކުރި 'އަމާނާތްތެރި ހިދުމަތް، މާލެ ސީޓީގެ ވިންދު'
މެނިފެސްޓޯ
ރޭ އިފްތިތާހުކޮށްފި އެވެ.
އާޓިފިޝަލް ބީޗުގައި އެ ޕާޓީން ބޭއްވި ޖަލްސާއެއްގައި ލޯންޗުކުރީ
"އަމާނާތްތެރި ހިދުމަތް، މާލެ ސިޓީގެ ވިންދު"
މެނިފެސްޓޯ އެވެ. މި މެނިފެސްޓޯގައި މައިގަނޑު ތިން ދާއިރާއަކުން ގިނަ ވައުދުތަކެއް ވަނީ ހިމަނާފަ އެވެ.
މެނިފެސްޓޯގައި ހިމަނާފައިވާ ބައެއް ވައުދުތައް
ހުޅުމާލެ، ގުޅީފަޅު، ގިރާވަރުފަޅު އަދި އުތުރު ތިލަފަޅު މާލޭގެ އިހުތިސާސްގައި ހިމެނުން
ރިވޯލްވިން ހައުސިން ފަންޑެއް ގާއިމުކޮށް، ގޯތިގެދޮރުގެ މައްސަލައަށް ހައްލު ހޯދައިދިނުން
މާލެ ސިޓީގެ ބައުވެ ނައްތާލަންޖެހިފައިވާ އިމާރާތްތައް ނައްތާލުމުގައި ފަސޭހަކޮށްދިނުން
ސިޓީ ކައުންސިލުގައި ޓްރެފިކް މެނޭޖުމަންޓު ޔުނިޓެއް ގާއިމުކުރުން
މަލްޓިޕާޕަސް ޕާކިން ބިލްޑިން ތަރައްގީކޮށް، "ގެދޮށު ޕާކިން" ތައާރަފުކުރުން
ކުނި އުކާލުމުގައި ފަސޭހަ އަދި އަގުހެޔޮ ނިޒާމެއް ގާއިމުކުރުން
ފްލީ މާކެޓެއް ތައާރަފުކުރުން
ލަފާފުރާ ސަރަހައްދުތަކަށް ޖާގަ އިތުރުކޮށް ދަތުރުވެރިންނަށް ބޭނުންވާ ހިދުމަތްތައް ތަރައްގީކުރުން
އާސާރީ ތަންތަން ބެލެހެއްޓުން ކައުންސިލުގެ ދަށަށް ގެނައުން
އަލަތު ކައިވެނީގެ ވަލީމާހިލޭ ބޭއްވޭނެ އިންތިޒާމެއް ގާއިމުކުރުން
އުމުރުން ދުވަސްވީ މީހުންނަށް ނާސިން ހޯމް ފެސިލިޓީ ގާއިމުކުރުން
ވޯކްއިން ޑޭކެއާ ސެންޓަރެއް ގާއިމުކުރުން
ޑިޖިޓަލް ލައިބްރަރީގެ ހިދުމަތް ތައާރަފުކުރުން
މާރުކޭޓުގައި ހުންނަ ތަކެތި ޑިޖިޓަލްކޮށް ފެންނާނެ ނިޒާމެއް ގާއިމުކުރުން
މީގެ އިތުރުން ވެސް އެކި ދާއިރާތަކުން މާލެ ސިޓީ ކުރިއެރުވުމަށް ގިނަ ވައުދުތަކެއް އެމްޑީޕީން ވަނީ މެނިފެސްޓޯގައި ހިމަނާފަ އެވެ.
މާލޭގެ މެނިފެސްޓޯ ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މާލޭގެ މޭޔަރު ކަމަށް ދެ ވަނަ ދައުރަކަށް ވާދަކުރައްވާ އާދަމް އާޒިމް ވިދާޅުވީ، މާލޭގައި ހުރިހާ މައްސަލައެއް އެބައޮތް ކަމަށެވެ. ނަމަވެސް، މިހާ ހިސާބަށް އައީ މި ސިޓީއަށް އަޅާލަން ޖެހޭ ވަރަށް އަޅާނުލެވި ކަމަށް އާޒިމް ވިދާޅުވިއެވެ.
މާލޭ ސިޓީ ކައުންސިލުގެ މިސްރާބު ހުރީ، ދެމެހެއްޓެނިވި ގޮތުގައި މާލެ ތަރައްގީކޮށް، ފަހި ސިޓީއަކަށް ހެދުމަށް ކަމަށް މޭޔަރު ވަނީ ވިދާޅުވެފަ އެވެ. އެމްޑީޕީގެ ޓިކެޓުގައި މޭޔަރު ކަމުގެ ދެވަނަ ދައުރަކަށް ވާދަކުރައްވާ އާޒިމް ވިދާޅުވީ، ވިޔަފާރިތަކަށް ތަނަވަސް، ފަހި މާހައުލަކަށް ސިޓީއަކަށް މާލެ ހަދާނެ ކަމަށެވެ.
އިތުރަށް ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، މޭޔަރު ކަމާ ހަވާލުވެވަޑައިގަތް އަމާޒު ހިފީ، ލިބޭ އެއްޗަކުން މައްސަލަ ހައްލުކުރުމަށް ކަމަށެވެ. އެގޮތުން، އެ ކައުންސިލަށް ވެސް ލިބުނީ މިހާތަނަށް ލިބެމުން އައި އާމްދަނީ ކަމަށާއި އެ އާމްދަނީ ހޭދަކުރީ، އިސްރާފު ކުރާކަށް ނޫން ކަމަށް އާޒިމް ވިދާޅުވި އެވެ
Tweet
Telegram
ގުޅުންހުރި ލިޔުންތައް
4 ދުވަސް ކުރިން
0
މަޝްރޫއުތައް ހުއްޓާލި ރަށްތަކުގެ ތަފްސީލު ދޭން އެމްޑީޕީން އެދެފި
5 ދުވަސް ކުރިން
0
ކައުންސިލް އިންތިހާބު: ވޯޓުލުމަށް 588 ފޮށި ބަހައްޓާނެ
5 ދުވަސް ކުރިން
0
ޑިސްޓްރިބިއުޝަން ފޮށިތަކުގައި ޕޯސްޓަރު ހަރުނުކުރަން އެދިއްޖެ
6 ދުވަސް ކުރިން
0
މޮނިޓަރުންނާއި އޮބްޒާވަރުންނަށް ވާން އިތުރު ފުރުސަތެއް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ގެދޮރުގެ ބޮޑެތި މަޝްރޫއުތަކާއި މަގުހެދުން ފަދަ ކަންކަމަށް އީއައިއޭ ހަދަން ނުޖެހޭ ގޮތް ހަދައިފި
7 ގަޑިއިރު ކުރިން
0
ހުރާގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ސްޓެލްކޯއަށް
7 ގަޑިއިރު ކުރިން
0
އެމްޑީޕީން މާލެ ސިޓީއަށް ހުށަހަޅާ މެނިފެސްޓޯ ލޯންޗުކޮށްފި
7 ގަޑިއިރު ކުރިން
0
ޕެންޝަން އޮފީހުގެ މެންބަރު ކަމަށް ތިންވަނަ ފަހަރަށް ހުޅުވާލައިފި
7 ގަޑިއިރު ކުރިން
0