ޕެންޝަން އޮފީހުގެ މެންބަރު ކަމަށް ތިންވަނަ ފަހަރަށް ހުޅުވާލައިފި
ހުސެން ރަޝީދު
09 މާޗް 2026 - 15:40
0 comments
ސަރުކާރުން ބޭނުންވި ގޮތަށް، ޕެންޝަން ފަންޑުގެ މުއާމަލާތް ހިންގަން ނިންމިއިރު ބޯޑުގައި ތިބި މީހުން
ތަރުހީބު ކުޑަވުމުގެ ސަބަބުން، ޕެންޝަން އޮފީހުގެ ބޯޑަށް ޕްރައިވެޓް ސެކްޓަރުގެ މެންބަރަކު ހޯދަން ތިންވަނަ ފަހަރަށްވެސް ޕެންޝަން އޮފީހުން އިއުލާނުކޮށްފިއެވެ.
ފެންވަރު ނުވަތަ ޝަރުތުތައް- ވިޔަފާރި، އިގުތިސާދީ ނުވަތަ ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ފެންވަރަށް ތައުލީމު ހާސިލުކޮށްފައިވުން.
- ޕެންޝަން ނުވަތަ އިންވެސްޓްމަންޓްގެ ދާއިރާގައި މަސައްކަތްކުރައްވާ ތަޖުރިބާ ހާސިލުކޮށްފައިވުން.
- ޕެންޝަން އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓާ ތަމްސީލުކުރައްވާ މެންބަރުންނަކީ، ދައުލަތުގެ ނުވަތަ ސަރުކާރުގެ އެއްވެސް ވަޒީފާއެއް އަދާކުރައްވާ މީހަކު ކަމުގައި ނުވުން.
- ސަރުކާރުން 50 އިންސައްތަ އިން މަތީ އަދަދަކަށް ހިއްސާވާ ޕަބްލިކް އަދި ޕްރައިވެޓް ކުންފުންޏެއްގެ ނުވަތަ އެފަދަ ކުންފުނިތަކުން ކޮންޓްރޯލްކުރާ ސަބްސިޑިއަރީ ކުންފުންޏެއްގެ މުވައްޒަފަކަށް ނުވުން.
މީގެ އިތުރުން ޕެންޝަނާބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ ކަންކަމަށް ރިއާޔަތް ކުރެވޭނެ ކަމަށްވެސް ޕެންޝަން އޮފީހުން ބުނެފައިވެ އެވެ.
މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 29 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަން ޖެހެ އެވެ.ޕެންޝަން އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓާ ތަމްސީލުކުރާ ހަތަރު މެންބަރުންގެ ތެރެއިން އެއް މަގާމު ހުސްވެފައިވާތީ މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލީ މިދިޔަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު އެވެ.
އެ އިއުލާނާ ގުޅިގެން އެކަށީގެންވާ އަދަދަށް އެޕްލިކޭޝަން ލިބިފައިނުވާތީ މި މަގާމަށް ކުރިމަތިލާން އަލުން ހުޅުވާލީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. އެ އިއުލާނާ ގުޅިގެންވެސް ބޭނުންވާ އަދަދަށް އެޕްލިކޭޝަން ލިބިފައިނުވާތީ އަލުން ފުރުސަތު ހުޅުވާލީ މިއަދު އެވެ.
ކިޔުންތެރިންގެ ޝުއޫރު