ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ޕެންޝަން އޮފީހަށް ރައްޔިތުން ކުރަމުން އައި އިތުބާރު ވެއްޔާ މޮޑެވިއްޖެ: ޝާހިދު
އަލީ ރާޒީ
04 ފެބުރުއަރީ 2026 - 20:00
0
comments
Tweet
Telegram
ރައްޔިތުންގެ މުސްތަގުބަލަށްޓަކައި ޖަމާކޮށްފައިވާ ޕެންޝަން ފައިސާ، މާލީ މުއާމަލާތްތަކެއްގެ ނަމުގައި ފައިސާ އިތުރުކުރުމުގެ ވަސީލަތަކަށް ހަދަން ނިންމުމަކީ ޕެންޝަން އޮފީހަށް އޮތް އިތުބާރު ގެއްލިގެންދާނެ ކަމެއް ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ޝާހިދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމުގައި ސަރުކާރު ނުކުޅެދުމުން، މިނިވަން މުއައްސަސާތަކުގެ މައްޗަށް ނުފޫޒު ފޯރުވައިގެން ހިންގާފައިވާ ބޭއިންސާފު އަމަލެއް ކަމަށެވެ.
ޖަމީލު މިފަދަ ޕޯސްޓެއް ކުރައްވާފައި މި ވަނީ ޕެންޝަން ފަންޑުން އިންވެސްޓުކޮށްފައި ހުރި 2.4 ބިލިއަން ރުފިޔާގެ ބޮންޑު އެމްއެމްއޭއަށް ވިއްކާލުމަށް ފަހު އެ ފައިސާ ބޭނުންކޮށްގެން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓުކުރަން ޕެންޝަން އޮފީހުގެ ބޯޑުން ފާސްކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.
ޕެންޝަން އޮފީހުގެ ބޯޑުގެ އެ ނިންމުމާ ގުޅިގެން އެ އޮފީހުގެ ސީއީއޯ ސުޖާތާ ހަލީމް ވަނީ މިއަދުގެ ވަގުތެއްގައި އިސްތިއުފާ ދެއްވައިފަ އެވެ. ސުޖާތާއަކީ މި ބޮންޑު މުއާމަލާތުގެ މަސައްކަތް ފެށި ފަހުން ޕެންޝަން އޮފީހުގެ ބޯޑުން ނޫނީ އިސް މަގާމަކުން އިސްތިއުފާ ދިން ފަސް ވަނަ ބޭފުޅާ އެވެ.
ސުޖާތާ އިސްތިއުފާދެއްވިއިރު ޕެންޝަން އޮފީހުން ރޭ ނެރުނު ބަޔާނެއްގައި ވަނީ މި މުއާމަލާތުގެ މައުލޫމާތު ރަަސްމީކޮށް ފުރަތަމަ ފަހަރަށް އާންމުކޮށްފަ އެވެ.
ޕެންޝަން އޮފީހުގެ ބަޔާނުގައި ބުނީ، ސަރުކާރުގެ ބޮންޑަށް އިންވެސްޓު ކުރަނީ މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމުން މިހާތަނަށް އިންވެސްޓް ކޮށްފައިވާ ބޮންޑުތަކުގެ ތެރެއިން 2.4 ބިލިއަން ރުފިޔާގެ ބޮންޑު ސެކަންޑަރީ މާކެޓުގައި ވިއްކާލައިގެން ލިބޭ ފައިސާއިންނެވެ. އެ އޮފީހުގެ ބަޔާނުގައި މި ބޮންޑުތައް ގަންނަނީ އެމްއެމްއޭއިން ކަމެއް ބަޔާންކޮށްފައި ނެތެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
16 ދުވަސް ކުރިން
0
ޕެންޝަން އޮފީހުގެ ބޯޑަށް ޝިފާ
2 މަސް ކުރިން
0
ޕެންޝަން އޮފީހުގެ ޗެއާޕާސަނަކަށް ބޯޑް މެމްބަރު މަޖީދު
5 މަސް ކުރިން
0
ޕެންޝަން އޮފީހުގެ މެންބަރު ކަމަށް ތިންވަނަ ފަހަރަށް ހުޅުވާލައިފި
6 މަސް ކުރިން
0
ޕެންޝަން އޮފީހުގެ ސީއީއޯ ވެސް ބޮންޑު މައްސަލައިގައި އިސްތިއުފާ ދިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ދެވަނަ ކުއާޓާގައި އެސްޓީއޯ އަށް 279 މިލިއަންގެ ފައިދާއެއް
7 ގަޑިއިރު ކުރިން
0
ބީއެެމްއެލުން ސަފާރީތަކަށް ފައިނޭންސް ފެސިލިޓީއެއް
3 ގަޑިއިރު ކުރިން
0
ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މީޑިއާނެޓް ވީޑިއޯކްލަބް މުޅިން ހިލޭ ބަލާލުމުގެ ފުރުސަތު
12 ގަޑިއިރު ކުރިން
0
"ބިޔޯން އަގެއިން" ޝޯއަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ނުބާއްވަން އަންގައިފި
12 ގަޑިއިރު ކުރިން
0