ޚަބަރު
ޕެންޝަން އޮފީހުގެ ސީއީއޯ ވެސް ބޮންޑު މައްސަލައިގައި އިސްތިއުފާ ދިފި
ޕެންޝަން ފަންޑުން އިންވެސްޓުކޮށްފައި ހުރި 2.4 ބިލިއަން ރުފިޔާގެ ބޮންޑު އެމްއެމްއޭއަށް ވިއްކާލުމަށް ފަހު އެ ފައިސާ ބޭނުންކޮށްގެން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓުކުރަން ޕެންޝަން އޮފީހުގެ ބޯޑުން ނިންމިތާ 24 ގަޑިއިރު ނުވަނީސް އެ އޮފީހުގެ ސީއީއޯ ސުޖާތާ ހަލީމް އިސްތިއުފާދެއްވައިފި އެވެ.

އޭނާ އިސްތިއުފާ ހުށަހެޅުއްވީ މިއަދު އެވެ. އިތުބާރުހުރި މަސްދަރުތަކުން ކަށަވަރުވެފައިވާ ގޮތުގައި އޭނާ އިސްތިއުފާ ދެއްވީ އެ މުއާމަލާތް ކުރިއަށް ގެންދިޔުން ގަބޫލުނުކުރައްވާތީ އެވެ. 

އެ މުއާމަލާތާ މެދު ހިތްހަމަ ނުޖެހިގެން ޕެންޝަން ބޯޑްގެ ޗެއާމަން އަހުމަދު އިނާޒު އަދި އެ ބޯޑުގެ މެންބަރެއްގެ ގޮތުގައި ހުންނެވި ސަރުވަސް އާދަމް ވެސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އަދި ސީއެފްއޯ ވެސް މީގެ ކުރިން ވަނީ އެކަމާ ގުޅިގެން އިސްތިއުފާ ދެއްވައިފަ އެވެ. 

ޕެންޝަން އޮފީހުން ހިންގަން އުޅޭ މުއާމަލާތާ ގުޅިގެން ވަރަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަނިކޮށް އިއްޔެ ނެރުނު ބަޔާނެއްގައި އެ އޮފީހުން ބުނެފައިވަނީ، ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވަނީ ދިވެހި ރުފިޔާ އާއި އެމެރިކާ ޑޮލަރުން ރިޓާން ނުވަތަ ފައިދާ ލިބޭ ގޮތަށް ފަރުމާކޮށްފައިވާ "ޑުއަލް ކަރަންސީ" ޓްރެޒަރީ ބޮންޑެއްގައި 2.4 ބިލިއަން ރުފިޔާ އިންވެސްޓް ކުރުމަށް ކަމަށެވެ.

ޕެންޝަން އޮފީހުން ބުނި ގޮތުގައި މި މުއާމަލާތުގެ ސަބަބުން ލިބޭނެ އެންމެ ބޮޑު އެއް ކުރިއެރުމަކީ، ބާޒާރުން ބޭރު ފައިސާ ގަންނަން ނުޖެހި، އިންވެސްޓްމަންޓެއްގެ ތެރެއިން ޕެންޝަން ފަންޑުގައި ބޭރު ފައިސާގެ ރިޒާވެއް އުފެދިގެން ދިއުމެވެ. މީގެ އިތުރުން، މިހާރު ހުރި ބައެއް ޓްރެޒަރީ ބިލްތައް ދިގު މުއްދަތުގެ ބޮންޑުތަކަށް ބަދަލުކުރުމުގެ ފުރުސަތު ލިބި، ޕޯޓްފޯލިއޯގެ އެވަރެޖް ޑިއުރޭޝަން ދިގުވެ، ލިބޭ ފައިދާ އިތުރުވެގެންދާނެ ކަމަށް ވެސް ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު