ވިޔަފާރި
ޕެންޝަން އޮފީހުގެ ބޯޑަށް ޝިފާ
ޕެންޝަން އޮފީހުގެ ބޯޑަށް އިތުރު ބޭފުޅަކު ހަމަޖައްސައިފި އެވެ.

މިކަމާ ގުޅިގެން އޭނަ އެ އޮފީހުން އިއްޔެ އޭނަ އަށް މަރުހަބާ ވެސް ކިިޔައިފައިވެ އެވެ.

ޕެންޝަން އޮފީހުގެ ބޯޑަށް ޝިފާ ހަމަޖެއްސި އިރު، މިދިޔަ ހަފުތާގައި އެ އޮފީހުގެ ބޯޑަށް ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ހުސައިން ޒުހުރީ އައްޔަންކޮށްފައިވެ އެވެ.

ހައްޖު ކޯޕަރޭޝަން ކުރީގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް ވެސް ވަނީ މިދިޔަ މެއި މަހުގެ ތެރޭގައި ޕެންޝަން އޮފީހުގެ ބޯޑަށް އައްޔަންކޮށްފަ އެވެ.

ޕެންޝަން އޮފީހުގެ ޗެއާޕާސަނަކަށް އަބްދުލް މަޖީދު އަލީވެސް މިދިޔަ މެއި މަހުގެ ތެރޭގައި ވަނީ އައްޔަންކޮށްފަ އެވެ.

ޕެންޝަން އޮފީހަށް ސީއީއޯއެއް ހޯދަންވެސް މިދިޔަ މަހުގެ ތެރޭގައި އިއުލާންކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު