ޚަބަރު
ރާއްޖެއަށް ބޭސް އެތެރެކުރަން ސަރުކާރުގެ ކުންފުންޏެއް އުފައްދައިފި
ރާއްޖެއަށް ބޭނުންވާ ބޭހާއި ސިއްހީ އާލާތްތައް ރާއްޖެ އެތެރެކުރަން ސަރުކާރުން ކުންފުންޏެއް އުފައްދައިފި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް" ނަމުގައި ރައީސް އެ ކުންފުނި އުފެއްދެވީ ކުންފުންޏާބެހޭ ގާނޫނުގެ 15 ވަނަ މާއްދާ އިން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.

އެ ކުންފުންޏަކީ ބޭހާއި މެޑިކަލް ކޮންޒިއުމަބަލްސް އާއި މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ، ރާއްޖެއަށް އެތެރެ ކުރުމާއި އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުމުގެ މަގްސަދުގައި އުފައްދާފައިވާ ކުންފުންޏެއް ކަމަށް ރައީސް އޮފީހުން ބުންޏެެވެ.

އެ ކުންފުންޏަކީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް އުފެއްދެވި ކުންފުންޏެކެވެ.

ރާއްޖެއަށް ބޭސް އެތެރެކުރުމަށް ކުންފުންޏެއް އުފެއްދެވިއިރު، އެ މަސައްކަތް ސަރުކާރުގެ ފަރާތުން މިހާތަނަށް ވެސް ކުރަމުން އައީ ސަރުކާރުގެ ހިއްސާ އޮންނަ އެސްޓީއޯ މެދުވެރިކޮށެވެ. ރާއްޖެއަށް ޔޫރަޕް ކޮލެޓީގެ ރަނގަޅު ފެންވަރުގެ ބޭސް އެތެރެކުރާނެކަން ރައީސް ކުރިން އޮތީ އިއުލާން ކުރައްވައިފަ އެވެ.

ސަރުކާރުން މި ފަހުން ވަނީ، އައިޖީއެމްއެޗްގައި އައިނު ހައްދައިދިނުމުގެ ވިޔަފާރި ވެސް ފަށައިފަ އެވެ.  
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު