ވިޔަފާރި
އަންނަ އަހަރު ރާއްޖެއަށް 2.4 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ބެލެވޭ: އެމްއެމްއޭ
ރާއްޖެއަށް އަންނަ އަހަރު 2.4 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރާނެ ކަމަށް ލަފާކޮށްފި އެވެ.

މަނިޓަރީ ސިޔާސަތުގެ ދަށުން ފާއިތުވެދިޔަ އަހަރުގެ ތެރޭގައި އެމްއެމްއޭއިން އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން ނެރެފައިވާ ނޫސްބަޔާނުގައި ވަނީ މިއަހަރުގެ ފުރަތަމަ 6 މަހު ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންނާއި ގުޅޭ ތަފާސްހިސާބުތަކަށާއި، ވީއައިއޭ އައު ޓަރމިނަލާއެކު ރާއްޖޭގެ އިގްތިޞާދަށް އަންނާނެ ހެޔޮ ބަދަލުތަކުގެ މައްޗަށް ވަނީ އަލިއަޅުވާލާފަ އެވެ.

އެގޮތުން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް 1،108،130 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، 2024 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރާތްކޮށްފައިވަނީ 1,015,527 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ 9.1 އިންސައްތަ އިތުރު އަދަދެކެވެ. 

މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޖުމްލަ 1,108,130 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު، ފަތުރުވެރިން ރާއްޖޭގައި ހޭދަކޮށްފައިވާ ރޭގެ އަދަދު ރިކޯޑްކުރެވިފައިވަނީ 6,892,533 ގައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ފަތުރުވެރިން ހޭދަކޮށްފައިވާ ރޭގެ އަދަދަށްވުރެ %1.2 އިތުރު އަދަދެކެވެ. 

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޕެސެންޖާ ޓާމިނަލްއާ އެކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރެވޭނެ ކަމަށްވެސް އެމްއެމްއޭ އިން ލަފާކުރެ އެވެ.

ރާއްޖޭގެ މައި އެއާޕޯޓު، ވީއައިއޭ އިން ހިދުމަތް ހޯދި ފަސިންޖަރުންގެ އަދަދު ޖޫން މަހާ ހަމައަށް %4 އިތުރުވެފައިވާއިރު، އެއާޕޯޓުގެ އާ ޕަސެންޖާ ޓާމިނަލާ އެކު އަހަރުގެ ކުރިއަށް އޮތް ތަނުގައި އެ އަދަދު އިތުރުވާނެ ކަމަށް ބެލެވެ އެވެ. އާ ޓާމިނަކަީ އަހަކު 7 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް ތަރައްގީކޮށްފައިވާ ޓާމިނަލެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު