ވިޔަފާރި
އީދުގެ މުނާސަބަތުގައި ސައުދީ އަރައްބިއްޔާއަށް ހިލޭ ގުޅޭ ގޮތް ދިރާގުން ހަދައިދީފި
ދިރާގު ކަސްޓަމަރުންނަށް ފިތުރު އީދުގެ މުނާސަބަތުގައި ސައުދީ އަރަބިއްޔާއަށް ހިލޭ ގުޅޭ ގޮތް ހަދައިދީފި އެވެ. 

ދިރާގުން ބުނި ގޮތުގައި މިއީ ދިރާގު ކަސްޓަމަރުންނަށް އެ ފަރާތްތަކުގެ އާއިލާއާއި އެހެނިހެން ގާތް ފަރާތްތަކާއި ގުޅުން ބަދަހިކޮށް އީދުގެ އުފާ ހިއްސާކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ފޯރުކޮށްދީފައިވާ ހިދުމަތެކެވެ.

މި ދުވަސްވަރަކީ އުމްރާގެ އަޅުކަމަށް ގިނަ ފަރާތްތަކުން ސައުދީ އަރަބިއްޔާއަށް ދަތުރުކޮށްފައިވާ ދުވަސްވަރެއްކަން ފާހަގަކޮށް ދިރާގުން ބުނީ މި ހިދުމަތުގެ ދަށުން ސައުދީ އަރައްބިއްޔާއަށް ހިލޭ ގުޅުމަށް ޖުމްލަ 30 މިނިޓު ލިބިގެންދާނެ ކަމަށެވެ. 

އެހެންކަމުން، #225*އަށް ޑައިލްކޮށްގެން މި ހިލޭ މިނިޓުތައް މިއަދު އެކްޓިވޭޓްކުރެވޭނެ އެވެ. އަދި އެކްޓިވޭޓްކުރުމަށް ފަހު 7 ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭނެ އެވެ.

ދިރާގުން އަންނަނީ މި ފަދަ ހާއްސަ މުނާސަބަތުތަކާއި ގުޅުވައިގެން ކަސްޓަމަރުންގެއާއިލާ އާއި ލޯބިވާ ފަރާތްތަކާ ގުޅުން ބަދަހިކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން މި ފަދަ ހާއްސަ ހިދުމަތްތައް ފޯރުކޮށްދެމުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު