ވިޔަފާރި
ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު 3X3 މުބާރާތް ނިންމާލައިފި
ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު 3X3 ބާސްކެޓް މުބާރާތް ކަމުގައިވާ ދިރާގު 3X3 ޗެލެންޖް ފޯރިއާއެކު ނިންމައިލައިފި އެވެ.

ޓައިޓަންސް ބާސްކެޓްބޯލް އެކެޑެމީ އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ މި މުބާރާތުގެ މަގުސަދަކީ، ބާސްކެޓްބޯޅައަށް ޝައުގުވެރިކަން ހުންނަ ކުދިންނަށާއި ޒުވާނުންނަށް، އެ ކުޅުންތެރިންގެ ހުނަރުތައް ދައްކާލައި ހުނަރުތައް ތަރައްގީކުރުމަށް ވާދަވެރި ޕްލެޓްފޯމެއް ހޯދައިދިނުމެވެ.

މި މުބާރާތަށް މި އަހަރު ވެސް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފަ އެވެ. މި ގޮތުން، މި މުބާރާތުގައި ޖުމްލަ 448 ކުޅުންތެރިން ވަނީ 112 ޓީމަކުން ބައިވެރިވެފަ އެވެ. 

މި މުބާރާތް އޮތީ މި މަހުގެ 1 އިން 7އަށް ޒުވާނުންގެ މަރުކަޒުގެ އައުޓްޑޯ ކޯޓުގަ އެވެ.

މުބާރާތުގައި އެކި އުމުރުފުރާތަކުން ޗެމްޕިއަންކަން ހޯދި ޓީމުތައް

އަންހެން ކުދިންގެ ޑިވިޝަން

  • 8 އަހަރުން ދަށް: ސްވިޝް
  • 10 އަހަރުން ދަށް: ބްލޫ ޕެންތާސް
  • 12 އަހަރުން ދަށް: ވޮރިއާސް
  • 14 އަހަރުން ދަށް: ދި ލޭކާސް
  • 16 އަހަރުން ދަށް: ބީބީ އެންޑް ފްރެންޑްސް
  • 18 އަހަރުން ދަށް: ބީބީ އެންޑް ފްރެންޑްސް

ފިރިހެން ކުދިންގެ ޑިވިޝަން

  • 8 އަހަރުން ދަށް: ސުޕަ ސްޓްރައިކާސް
  • 10 އަހަރުން ދަށް: ހޮޓްވީލާސް
  • 12 އަހަރުން ދަށް: ސިލްވަ ބްލޭޒާ
  • 14 އަހަރުން ދަށް: އާޗާސް ބީސީ
  • 16 އަހަރުން ދަށް: މަލްބެރީ ސްޓްރީޓް
  • 18 އަހަރުން ދަށް: ލޭޒާ

އަންހެން ޑިވިޝަން

  • އަންހެން އޯޕަން: ސެސަމޭ
  • ޕޭރަންޓްސް: އަންރޭންކްޑް

ފިރިހެން ޑިވިޝަން

  • ފިރިހެން ޑިވިޝަން 1: ކްލަބް ވަލްޗަރސް
  • ފިރިހެން ޑިވިޝަން 2: ލައްޓި
  • ޕޭރަންޓްސް: ބޯލް ބަޑީސް
ދިރާގަކީ، ރާއްޖޭގައި ބާސްކެޓްބޯލް ފަދަ މަގްބޫލު ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް ކުރާ ކަންކަމުގައި އެންމެ ކުރީ ސަފުގައި ބައިވެރިވެ، ދިވެހި މުޖުތަމައުއަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ލޯބިކުރާ ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު