ވިޔަފާރި
މިފްކޯގެ ވިޔަފާރި ފުޅާކުރަން ޖަޕާނު ކުންފުނިތަކުގެ އެހީ ހޯދަނީ
މިފްކޯގެ ވިޔަފާރި ފުޅާކުރުމާ ގުޅޭ ގޮތުން ޖަޕާނުގެ ޖެޓްރޯއާއެކު މަޝްވަރާކޮށްފި -- ފޮޓޯ/ މިފްކޯ
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)އިން ކުރިއަށްގެންދާ މަސައްކަތްތަކަށް ޖަޕާން ކުންފުނިތަކުގެ ބައިވެރިވުން ހޯދުމަށް ޖަޕާން އެމްބަސީއާއެކު މިފްކޯއިން މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާ ބައްދަލުވުން އޮތީ މިފްކޯއިން ޖަޕާނުގެ ޓޯކިޔޯއަށް މިހާރު ކުރަމުންދާ ޒިޔާރަތުގެ ތެރެއިން ޓޯކިޔޯގައި ހުންނަ ޖެޓްރޯގެ މައި އިދާރާގަ އެވެ.

މިފްކޯއިން ބުނި ގޮތުގައި އިއްޔެ ކުރިއަށްދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރީ ޖަޕާނު މާކެޓުގައި މިފްކޯގެ ވިޔަފާރީގެ ފުރުސަތުތައް ފުޅާކުރުމާއި، އެކަމުގައި ޖެޓްރޯއަށް އެހީތެރިކަން ދެވިދާނެ ގޮތްތަކާ ގުޅޭގޮތުންނެވެ.

މިފްކޯއިން ދަނީ ދުނިޔޭގެ އެކި މާކެޓްތަކުގައި އެކުންފުނީގެ އުފެއްދުންތައް އިސްތިހާރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ބައިނަލްއަޤްވާމީ ފެއަރތަކުގައި ބައިވެރިވެގެންވެސް ކުންފުނީގެ އުފެއްދުންތައް ދައްކާލާ މާކެޓްކުރެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު