ވިޔަފާރި
ކަނޑުއޮތްގިރިއަށް ކިލޯއެއް 25ރ. ގެ މަގުން ބޮޑުކަންނެލި ގަންނަން ފަށައިފި
ކަނޑުއޮތްގިރި އޮޕަރޭޝަނަށް ގެނެސް މިފްކޯއިން ބޮޑުކަންނެލި ގަންނަން ފަށައިފި އެވެ.

ކަނޑުއޮތްގިރިއަށް ބޮޑުކަންނެލި ގަންނަން ފެށުމުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އާއި މިފްކޯގެ ސީއީއޯ ފަރުހަތު ޝަހީރު ވަނީ ކަނޑުއޮތްގިރީގައި މަސައްކަތް ކުރިއަށްދާ ގޮތް ބަލާފަ އެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ ކަނޑުއޮތްގިރިން ބޮޑުކަންނެލި ކިލޯއެއް 25ރ. ގެ މަގުން މިއަދުން ފެށިގެން މިފްކޯއަށް ކިރަމުންދާނެ ކަމަށެވެ.

މިފްކޯއަށް ބޮޑު ކަންނެލި ގަތުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. މިގޮތުން އެ ވައުދު ފުއްދުމަށް ގޮވާލާ މިދިޔަ މަހު 10, ގައި ފާހަގަކުރި މަސްވެރިންގެ ދުވަހުގައި މާލެ ފަޅު ކައިރީގައި ގިނަ އަދަދެއްގެ މަސް ދޯނިތައް ބާއްވައިގެން އިހުތިޖާޖުކޮށްފަ އެވެ.

ހުޅުމާލޭގައި ބޮޑުކަންނެލި ފެކްޓްރީއެއް ގާއިމުކުރުމުގެ މަސައްކަތް މިދިޔަ އަހަރު ފަށާނެ ކަމަށް މުހައްމަދު މުއިއްޒު ކުރިން ވިދާޅުވެފައިވެ އެވެ. ނަމަވެސް މިހާތަނަށް ވެސް އެ މަސައްކަތް ނުފެށެ އެވެ.

މަސްދޯނިތަކުން މިފްކޯއަށް ކިރާ މަހަށް ބީއެމްއެލް މެދުވެރިކޮށް އަންނަނީ 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރަމުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު