ވިޔަފާރި
ނޯތު ހާބަރުން އުޅަނދުތަކަށް ޖާގަ ދޭ އުސޫލަށް ބަދަލު ގެނެސްފި
މާލޭ ނޯތު ހާބަރުގައި އުޅަނދުތަކަށް ޖާގަ ދިނުމުގައި އަމަލުކުރަމުންދާ އުސޫލަށް އަންނަ ހޮނިހިރު ދުވަހުން ފެށިގެން ބަދަލުތަކެއް ގެނައުމަށް އެމްޕީއެލުން ނިންމައިފި އެވެ. 

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ކުރި އިއުލާނެއްގައި ބުނީ އުޅަނދުތަކަށް ނޯތު ހާބަރުން ޖާގަ ދިނުމުގައި މި މަހު 14 ވަނަ ދުވަހުގެ ހެނދުނު 08:00 އިން ފެށިގެން އަމަލުކުރާނީ އާ އުސޫލަށް ކަމަށެވެ.

އާ އުސޫލު ބުނާގޮތުން ކިޔު ތަރުތީބުން ކީވޯލުން ޖާގަދިނުމަށް ނޯތު ހާބަރު އޮފީހުން ގުޅުމުން، އެއްވެސް ސަބަބަކާ ހުރެ ދެ ގަޑިއިރު ތެރޭގައި ކީވޯލަށް ކައިރިނުކުރެވިއްޖެނަމަ ނުވަތަ ފޯނަށް ނުގުޅިއްޖެ ހާލަތެއްގައި، އެ އުޅަނދެއް އޭ-ޒޯން އަދި ސީ-ޒޯން ކިޔުއިން ވަގުތީގޮތުން "ހޯލްޑް" ކުރާނެ އެވެ. އަދި ކިޔުގައި ދެން ހުރި އުޅަނދުތަކަށް ތަރުތީބުން ގުޅާ ޖާގަ ދިނުމަށް އެމްޕީއެލްއިން ވަނީ ނިންމާފަ އެވެ.

ބޮޑުތަކުރުފާނު މަގު ފުޅާކޮށް ތާރުއަޅައިގެން އަލުން ހެދުމުގެ މަސައްކަތަށް ނޯތު ހާބަރު ސަރަހައްދުގެ އުޅަނދުތައް އެކި ސަރަހައްދުތަކަށް ބަދަލުކުރުމަށް ފަހު ވަނީ މިދިޔަ މަހުގެ 19 ގައި އެތަން އަލުން ބޭނުންކުރަން ފަށައިފަ އެވެ. 

ނޯތު ހާބަރުގެ އޭ ޒޯނު ނުވަތަ ބޮޑުތަކުރުފާނު މަގާވީ ފަރާތު ތޮށިގަނޑާ ދިމާލުން އަޅާފައިވާ އުޅަނދުތަކަށް މީގެ ކުރިން ފެނާއި ކަރަންޓެއް ނުލިބެ އެވެ. އެކަމަކު އެ ސަރަހައްދަށް ވެސް ފެނާއި ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އެމްޕީއެލުން އަންނަނީ ކުރަމުންނެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު