ޚަބަރު
މާރުކޭޓު ކުރިމައްޗަށް ކައިރި ކުރާ އުޅަނދުތަކަށް ކަރަންޓާއި ފެން ފޯރުކޮށްދެނީ
މާލެ ނޯތު ހާބަރުގެ "އޭ" ޒޯނަށް ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފަށައިފި އެވެ.

މާރުކޭޓު ކުރިމައްޗަށް ކައިރި ކުރާ މުދަލާއި މީހުން އުފުލާ އުޅަނދުތައް ވަގުތީ ގޮތުން ބަދަލުކުރީ އެމްއެމްއޭ ސަރަހައްދާއި ހުޅުމާލޭ ޕެޓްރޯލް ޖެޓީ ކައިރިއަށެވެ. އެއީ މާލޭގެ ނޯތު ހަބަރުގެ 'އޭ ޒޯން' ނުވަތަ ބޮޑުތަކުރުފާނު މަގާވީ ތޮށިގަނޑު ކައިރީގައި މަޑުކުރާ އުޅަނދުތަކެވެ. 

މީގެ އިތުރުން ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތް ކުރުމަށްޓަކައި އެމްއެމްއޭ ސަރަހައްދާއި ހުޅުމާލެ ޕެޓްރޯލް ޖެޓީއަށް ވަގުތީ ގޮތުން ބަދަލުކުރި މުދަލާއި ފަސިންޖަރުން އުފުލާ އުޅަނދުތައް އަލުން މާލޭ ނޯތު ހާބަރުގެ "އޭ" ޒޯނަށް ބަނދަރުކުރަން ވަނީ ފަށާފަ އެވެ.

ނޯތު ހާބަރުގެ ހިދުމަތް އަލުން ފެށިއިރު ގެނެވުނު އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ، ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައި ހުރި ފައްތިޔާތަކުގެ ބަދަލުގައި 36 ފައްތިއްޔާ ބުޑު ފައްތައި، މުޅިން އާ ފައްތިއްޔާތައް ބޭނުންކުރަން ފެށުމެވެ. މި ބަދަލާއެކު، އެ ބަނދަރު ބޭނުންކުރާ އުޅަނދުފަހަރަށް ކުރިއަށްވުރެ ރައްކާތެރިކަމާއެކު ބަނދަރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. 

އެމްޕީއެލުން ބުނީ ނޯތު ހާބަރުގެ 'ބީ ޒޯން' ނުވަތަ ހުޅަނގު ފަރާތު ތޮށިގަނޑަށް އުޅަނދުތައް ބަދަލުކުރުމުގެ މަސައްކަތް އަންނަ ހަފުތާގެ ތެރޭގައި ކުރާނެ ކަމަށެވެ.


 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު