
ދިވެހި ހާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި، ޑިޕްލޮމެޓިކް ހިމާޔަަތް ލިބިގެންވާ ތަންތަނަށް ދޭ މިފަަދަ ހަމަލާތަކަކީ ޑިޕްލޮެމްޓިކް ގުޅުންތަކާ ބެހޭ ވިއެނާ މުއާހަދާއާ މުޅިން ހިލާފު އަމަލުތަކެއް ކަމަށެވެ. އިތުރަށް ދިވެހި ސަރުކާރުން ފާހަގަކުރީ މިފަދަ ހަމަލާތަކުގެ ސަބަބުން ޑިޕްލޮމެޓިކް ގުޅުންތަކުގައި އިސްތިގުރާރުވެފައި ހުރި އުސޫލުތަކާއި އާދަތަކަށް ހީނަރުކަން އައިސް ނޭދެވޭ އަސަރުކުރާ ކަމަށެވެ. ރާއްޖެއިން ބުނީ ޑިޕްލޮމެޓިކް ތަންތަނަށް ހަމަލާ ދިނުމަކީ "ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް" އާ ޚިލާފު ކަމެއް ކަމަށެވެ. އަދި ޑިޕްލޮމެޓިކް ތަންތަން ހިމާޔަތް ކުރުން މުހިންމު ކަމަށާއި އެފަދަ ކަންކަން ނުކުރުމަށް ދިވެހި ސަރުކާރުން ވަނީ ގޮވާލައިފައެވެ.ޔޫއޭއީގެ ސަރުކާރާއި، ރައްޔިތުންނާއެކު ދިވެހި ސަރުކާރުން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ.މި ހަމަލާ، ގަލްފުގެ ގިނަ ގައުމުތަކުގެ ސަރުކާރުން ވެސް ވަނީ ކުށްވެރިކޮށްފައެވެ.