ޚަބަރު
މަސްއޫދުގެ ސީޝެލްސް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
ރާއްޖެއިން ސީޝެލްސް އަށް ކަނޑައެޅި ސަފީރު މަސްޢޫދު އިމާދު ސަފީރުކަމުގެ ފަތްކޮޅު އެ ޤައުމުގެ ރައީސް ޑރ. ޕެޓްރިކް ހާމިނީ އަށް އަރުވައިފި އެވެ.

އެކަމުގެ ރަސްމިއްޔާތު މިއަދު ބޭއްވީ ވިކްޓޯރިއާގައި ހުންނަ ރިޔާސީ ގަނޑުވަރުގަ އެވެ.

އެ ރަސްމިއްޔާތަށް ފަހު ބޭއްވި ބައްދަލުވުމުގައި، މަސްޢޫދު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ފާރާތްޕުޅުން އެ ގައުމުގެ ރައީސް އަދި ރައްޔިތުންނަށް ތަހުނިއްޔާ އަރިސް ކުރައްވައިފަ އެވެ. އަދި ސަފީރު ވަނީ ސީޝެލްސް އިން ކީ މަރުހާބާއަށް ޝުކުރު ވެސް ދަންނަވައިވަފަ އެވެ.

މަސްއޫދު ވިދާޅުވީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި ދެ ގައުމަށް ވެސް މުހިންމު ދައިރާތައް ކަމަށްވާ މަސްވެރިކަމާއި، ޓޫރިޒަމާއި ވިޔަފާރީގެ ދާއިރާ ހިމެނޭހެން ގުޅުން ބަދަހި ކުރުން މުހިންމު ކަމަށެވެ.

ބައްދަލުވުމުގައި ސީޝެލްސްގެ ރައީސް ވަނީ ސަފީރު މަސްއޫދަށް މަރުހަބާ ދަންނަވައި ސަފީރުގެ ދައުރުގެ ތެރޭގައި ދެ ގައުމު ދެމެދު އޮތް ހަރުދަނާ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެ ފައެވެ.

އެ ބައްދަލުވުމަށް ފަހު މަސްޢޫދު ވަނީ، ސީޝެލްސްގެ ނައިބު ރައީސް ސަބޭސްޓިއަސް ޕިއްލޭގެ އަރިހަށް ވެސް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފަ އެވެ.

ރާއްޖެ އިން ސީޝެލްސްއަށް ކަނޑައެޅުއްވި ސަފީރު މަސްއޫދަކީ، އަވައްޓެރު ސްރީ ލަންކާގައި ވެސް ހުންނަވާ ރާއްޖޭގެ ސަފީރެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު