ވިޔަފާރި
ދިރާގުން ތަރާވީސް ދަމަށް އަންލިމިޓެޑް ޑޭޓާ
ދިރާގުން ރަމަޟާން މަހުގެ ކޮންމެ ރެއެއްގެ ތަރާވީސް ދަމަށް އަންލިމިޓެޑް ޑޭޓާ ލިބޭ ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.


މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ރެއަކު 9:00 އިން ފެށިގެން މެންދަމު 1:00 އާ ހަމައަށް ވަކި އެޑް-އޮންތަކާއެކު އަންލިމިޓެޑް ޑޭޓާ ލިބިގެންދާނެ އެވެ.

އެ ގޮތުން ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްފައިވާ ބައެއް އެޑް-އޮންތަކާއެކު މި ވަގުތުތަކުގައި އަންލިމިޓެޑް ޑޭޓާ މުޅިން ހިލޭ ލިބޭނެ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން، މި އޮފާ ވަކިން ހޯދަން ބޭނުންވާ ކަސްޓަމަރުންނަށް އެންމެ 35 ރުފިޔާއަށް 1 ދުވަހުގެ މުއްދަތަށް، އަދި އެންމެ 199 ރުފިޔާއަށް 28 ދުވަހުގެ މުއްދަތަށް ލިބިގެންދާނެ އެވެ.

މި އޮފާ އެކްޓިވޭޓްކުރަން ބޭނުންވާ ކަސްޓަމަރުންނަށް ދިރާގުއެޕްގައިވާ ރަމަޟާން ބެނާއަށް ފިއްތާލައިގެން މި ރަމަޟާން މަހަށް ހާއްސަ އޮފާތައް ބެލުމަށްފަހު ބޭނުންވާ އޮފާއެއް އިހުތިޔާރުކުރެވޭނެ އެވެ. 

ދިރާގުން ބުނި ގޮތުގައި މި ޕްރޮމޯޝަންގެ އެހީގައި މި ރަމަޟާން މަހު ހެޔޮ އަގުގައި ޑޭޓާ ލިބި، ކަސްޓަމަރުންގެ އާއިލާއާއި ރައްޓެހިންނާ ގުޅުން ބަދަހިކުރުމަށް މަގު ފަހިވެގެންދާނެއެވެ.

ދިރާގަކީ ރާއްޖޭގައި ތަފާތު ގިނަ ޕްރޮމޯޝަންތައް ހިންގައި، ހެޔޮ އަގުގައި ގިނަ އޮފާތަކާއި އަގުހުރި އިނާމުތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދެމުންދާ ކުންފުންޏެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު