ވިޔަފާރި
ދިރާގުޕޭއިން ރިލޯޑްކުރުމުން ހިލޭ ކްރެޑިޓް ލިބޭ ޕްރޮމޯޝަނެއް
ދިރާގުޕޭ އެޕް މެދުވެރިކޮށް ރީލޯޑް ކުރާ ކަސްޓަމަރުންނަށް އިތުރު ކްރެޑިޓް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ތައާރަފުކޮށްފި އެވެ.

ދިރާގުން ބުނީ، މި ޕްރޮމޯޝަންގެ ދަށުން ވަކި އަދަދުތަކެއް ރީލޯޑުކުރުމުން ހަ އިންސައްތަ އިތުރު ކްރެޑިޓް ލިބި، ކަސްޓަމަރުންނަށް ފައިދާވާނެ ކަމަށެވެ.

އެގޮތުން ދިރާގުޕޭ މެދުވެރިކޮށް ރީލޯޑް ކުރާ ކަސްޓަމަރުންނަށް ބޯނަސް ކްރެޑިޓް ލިބޭނެ ގޮތްތަކަކީ، 100 ރުފިޔާގެ ރީލޯޑަކަށް އިތުރު ހަ ރުފިޔާ، 200 ރުފިޔާގެ ރީލޯޑަކަށް އިތުރު 12 ރުފިޔާ، އަދި 500 ރުފިޔާގެ ރީލޯޑަކަށް އިތުރު 30 ރުފިޔާއެވެ.

މި ޚާއްސަ އޮފާ މެދުވެރިކޮށް ހިލޭ ކްރެޑިޓް ހޯދުމަށް ފުރަތަމަ ދިރާގުޕޭ ޑައުންލޯޑުކޮށްލާށެވެ.

އެއަށްފަހު އެޕް ހުޅުވާލައި، "ފީޗާޑް" ޓެބަށް ގޮސް، "ދިރާގު ރީލޯޑް" އިޚްތިޔާރުކުރާނީއެވެ. ދެން ޕްރީޕެއިޑް ފޯނު ނަންބަރު ޖަހައި، ރީލޯޑުކުރަށް ބޭނުންވާ އަދަދު ޖަހައި ކުރިއަށް ދިއުމުން ހިލޭ ކްރެޑިޓް ލިބޭނެއެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ ތިން މަސްދުވަހުގެ މުއްދަތަކަށް، އަންނަ ޖޫން މަހުގެ 16ވަނަ ދުވަހުގެ ނިޔަލަށެވެ.

ރީލޯޑް ހިދުމަތުގެ އިތުރުން ދިރާގުޕޭ އީ-ވޮލެޓުން ލިބޭ ހިދުމަތްތަކުގެ ތެރޭގައި، ބިލް ސްޕްލިޓިން، ސަބް ވޮލެޓް، ޕިއާ-ޓު-ޕިއާ ޓްރާންސްފާ، ފަވަރަ ޓްރާންސްފާ އަދި ބިލަށް ފައިސާދެއްކުން ފަދަ ކަސްޓަމަރުންނަށް ބޭނުންތެރި ހިދުމަތްތައް ހިމެނެ އެވެ.

މި ޕްރޮމޯޝަނަކީ ދިރާގުޕޭގެ ކަސްޓަމަރުންނަށް އިތުރު ފައިދާ ހޯދައިދިނުމުގެ އިތުރުން ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.

ދިރާގު ފިންޓެކްގެ އަމާޒަކީ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތައް ލިބޭ ފިންޓެކް ސޮލިއުޝަންތައް ފޯރުކޮށްދިނުމެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު