
އިންޑިއާގެ ކޮމާސް މިނިސްޓްރީން ބުނީ، ރާއްޖެއާއެކު ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ)އެއް އެކުލަވާލުމުގެ މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ބޭނުންވާ އޮނިގަނޑާއި އުސޫލުތައް ކަނޑައަޅައި ޓީއޯއާރުގައި ސޮއިކޮށްފައިވާ ކަމަށެވެ. ނަމަވެސް، އެކަމާ ގުޅޭ އިތުރު ތަފްސީލެއް ދީފައެއް ނުވެ އެވެ.ރާއްޖެ އާއި އިންޑިއާއާ ދެމެދު ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ނުވަތަ މިނިވަން ވިޔަފާރި ފެށުމަށް ރަސްމީ މަޝްވަރާތައް ފެށުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، މިދިޔަ ޖުލައި މަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގަ އެވެ.ރާއްޖޭން މިހާރު ދަނީ ޗައިނާ އާއެކު އެފްޓީއޭއަކަށް އަމަލުކުރަމުންނެވެ.