ޚަބަރު
98 ޕަސެންޓް ބިދޭސީން ގަވާއިދަށް ފައްތައިފި
ރާއްޖޭގައި މިވަގުތު ސައްހަ ވޯކް ޕާމިޓުގައި ވަޒީފާ އަދާކުރަމުންދާ ބިދޭސީންގެ ތެރެއިން 98 އިންސައްތަ މީހުންގެ ބައޯމެޓްރިކްސް މައުލޫމާތު ނަގައި ނިމިފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސައްހަކަން ކަށަވަރު ކުރެވިފައިވާ އެކްޓިވް ވޯކްޕާމިޓުގައި މިވަގުތު ރާއްޖޭގައި ގާއިމުވެ ތިބެގެން މަސައްކަތް ކުރަމުންދާ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން 98 އިންސައްތަ މީހުން ބަޔޯމެޓްރިކަލީ ކާކުކަން ދެނެގަނެވޭނެ ގޮތަށް 10 އިނގިލީގެ ނިޝާނާއި ސާފު ފޮޓޯ ނަގާ ނިމިފައިވާ ކަމަށެވެ.

މި އަދަދު ނޮވެމްބަރު 17، 2023 ގައި ހުރީ އެންމެ 13 ޕަސެންޓްގައި ކަމަށް ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ހިންގާ މި އޮޕަރޭޝަންގެ ދަށުން، ކުރިއަށް އޮތް ހަ މަސް ދުވަހު ކުރެވޭނެ މަސައްކަތަކީ ގަވާއިދާ ހިލާދަށް އުޅޭ މީހުން ހޯދައި، ރާއްޖެއިން ޑީޕޯޓުކުރުމުގެ މަސައްކަތް ކަމަށެވެ. 

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން ފަށާފައިވާ އޮޕަރޭޝަންގެ ދަށުން ލައްކައަކަށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފައިވާ ކަމަށާއި މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން އެފަދައިން އުޅޭ ބިދޭސީން ޑީޕޯޓުކުރަން ފަށާނެ ކަމަށް ހޯމް މިނިސްޓްރީން މިދިޔަ މާޗު މަސްތެެރޭ ވަނީ ބުނެފަ އެވެ. އެކަމަކު، މިހާތަނަށް މި މަސައްކަތުގެ ތެރެއިން ޑީޕޯޓުކޮށްފައިވާ ބިދޭސީންގެ އަދަދެއް އަދި ސަރުކާރުން ހާމައެއް ނުކުރެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު