ޚަބަރު
ފައިނޭންޝަލް އެކްސްޕޯގެ ތެރެއިން ޒަކާތާ ގުޅޭ 4 ފޮތެއް ނެރެފި
މޯލްޑިވްސް ޒަކާތު ހައުސް އިން ޒަކާތާއި ގުޅޭ ހަތަރު ފޮތެއް ނެރެފި އެވެ.

މި ފޮތްތައް ނެރެދެއްވީ، ފައިނޭންޝަލް އެކްސްޕޯ ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ ރަސްމީކޮށް އިފްތިތާޙް ކޮށްދެއްވައި، ރައީސް މުޢިއްޒު ޒަކާތު ހައުސްގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ޒަކާތު ހައުސްގެ ޑައިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިތާއު އައްބާސްވަނީ މި 4 ފޮތް އެމަނިކުފާނަށް އަރުވައިފަ އެވެ.

މީގެ އިތުރުން، ”ޒަކާތް ބަލައިގަތުމާއި ބެހުމުގެ ޝަރުއީ އުސޫލުތަކާއި މިންގަނޑުތައް“ މި ފޮތުގެ ދިވެހި އަދި އިނގިރޭސި ފޮތްވެސް ރައީސަށް ވަނީ އަރުވައިފަ އެވެ.

އެކްސްޕޯގެ ތެރެއިން މޯލްޑިވްސް ޒަކާތު ހައުސްއިން ނެރެފައިވާ 4 ފޮތަކީ:

* ޒަކާތާއި އަޤީދާ

* ޒަކާތާއި ޞަދަޤާތްދިނުމާ މެދު ބާރުއަޅުއްވާފައިވާ މިންވަރު

* ޒަކާތާއި ޞަދަޤާތް ދިނުމާ ގުޅޭ އަދަބުތަކާއި ޞަދަޤާތްދީ އުޅޭ މީހުންގެ ސިފަތައް

* ޒަކާތުގެ ހުކުމްތަކުގެ ޚުލާޞާ

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކުރާ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯއަކީ މާލީ ކަންކަމަށް އާންމުން ހޭލުންތެރިކުރުމަށާއި މާލީ ހިދުމަތްދޭ ފަރާތްތައް އެއް ފުރާޅެއްގެ ދަށުން ބައްދަލުވެ މައުލޫމާތު ބަދަލުކުރުމަށް ބާއްވާ ހަރަކާތެކެވެ.

އެކްސްޕޯ ކުރިއަށްދަނީ ހުޅުމާލޭގެ ސެންޓްރަލް ޕާކްގައި މިއަދުން ފެށިގެން މި މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު