ޚަބަރު
ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއިން ގާޒާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރު ކޮށްދެނީ
މި އަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ އިން، ގާޒާގެ ރައްޔިތުންނަށް 500،000ރ. ހަދިޔާކުރަން ނިންމައިފި އެވެ.

މި އަހަރު ފިތުރު ޒަކާތުގެ ގޮތުގައި މިހައި ތަނަށް ޖުމުލަ 14 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ އިރު، މިއީ މިހައި ތަނަށް ފިތުރު ޒަކާތުގެ ގޮތުގައި އެންމެ ގިނައިން ފައިސާ ލިބިފައިވާ އަހަރެވެ. މީގެ ތެރެއިން ފަގީރުންނާއި މިސްކީނުންނަށް ބެހުމަށް ކަނޑައަޅައިފައިވަނީ ޖުމުލަ 13،896،000 ދިވެހި ރުފިޔާ އެވެ. އަދި 14 މިލިއަން ރުފިޔާގެ ތެރެއިން 500،000،00 ރުފިޔާގެ އެހީ ޣައްޒާ ރައްޔިތުންނަށް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއިން، ފަލަސްތީނުގެ ގާޒާގެ ރައްޔިތުންނަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް 500،000 ރުފިޔާ ވަނީ ރޭ އިސްރާ އެސޯސިއޭޝަނާ ހަވާލުކޮށްފަ އެވެ. އަދި ‏ދަތި ހާލުގައި އުޅޭ ފަރާތްތަކަށް އެހީވުމަށް ސޯޝަލް މިނިސްޓްރީގެ އިޖުތިމާއީ ޓްރަސްޓް ފަންޑަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން 423,749 ރުފިޔާ ވަނީ ރޭ ސޯޝަލް މިނިސްޓްރީއާވެސް ހަވާލުކޮށްފައި ވާކަމަށް ޒަކާތު ހައުސް އިން ވަނީ ބުނެފަ އެވެ.

ޒަކާތު ހައުސްއިން ބުނީ ޒަކާތް ލިބުމަށް ޝަރުތު ހަމަވާ މީހުންނަށް ފިތުރު ޒަކާތް ބަހައިފައިވާ އިރު، ބޮލަކަށް ޖެހިފައިވަނީ 6,000ރ. ކަމަށެވެ. މިއީ ރާއްޖޭގައި މިހާތަނަށް ހަމަހަމަކޮށް ފިތުރު ޒަކާތް ބެހުމުގައި، ބޮލަކަށް އެންމެ ގިނަ އަދަދަކަށް ފިތުރު ޒަކާތް ބެހި ފަހަރު ކަމަށް ޒަކާތު ހައުސިން އިން ބުނެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު