
ސީޕީޖޭ އިން އޭޝިއާ-ޕެސިފިކަށް ކަނޑައަޅާފައިވާ ރީޖަނަލް ޑިރެކްޓަރު، ބެހް ލީޔީ ވިދާޅުވީ މިއީ ނޫސްވެރިކަމުގެ މިނިވަންކަމާއި ޑިމޮކްރެސީއަށް ދިން ހަމަލާއެއް ކަމަށެވެ. އަދި މި ބިލު ރައީސް މުއިއްޒު ތަސްދީގު ކުރެއްވުމުން ނޫސްވެރިކަން ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނެސް، މީޑިއާގެ މިނިވަންކަން ރައްކާތެރިކޮށްދޭން ވެވަޑައިގެންނެވި ވައުދާއި ވެސް އެމަނިކުފާނު ހިލާފުވެފައިވާ ކަމަށް ވިދާޅުވި އެވެ.އެ ގާނޫނަށް އުވާލައި ނޫސްވެރިކަމުގެ މިނިވަންކަން ރާއްޖޭގައި ހިމާޔަތްކޮށްދިނުމަށް ރީޖަނަލް ޑިރެކްޓަރު ވަނީ ރައީސް މުއިއްޒަށް ގޮވާލާފައިވެ އެވެ.