
ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިވި ކަމަށް ވިދާޅުވެ ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާ މިފަހުން މަޖިލީހުގައި ދެއްކެވި ވާހަކަތަކަށް ގިނަބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ. ސަބަބަކަށް ވީ ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިނުވެ އޮށްވާ މަތިވި ކަމަށް ބުނެ "އިތުރުފުޅު" ހެއްދެވުމުން ނެވެ.