އަލީ އާމިރު
24 ނޮވެމްބަރ 2025 - 16:38
0 comments
ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސް ކޮށްފައި .
މިއަދު މެންދުރުން ފެށިގެން ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ މޫސުން ގޯސްވާނެތީ ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސް ކޮށްފި އެވެ.
ކުރިއަށް އޮތް ތިން ދުވަހު މުޅި ރާއްޖޭގެ މޫސުން ގޯސްވެ، އާންމު ގޮތެއްގައި ވައި ބާރުވެ، ވިއްސާރަވެ، ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.އެމްއެންޑީއެފް އިން ވަނީ ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް ދަތުރުކުރާއިރު މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ އިދާރާއިންވަނީ، ހއ. އަތޮޅުން ފެށިގެން އދ.އަތޮޅާ ހަމައަށް ރީނދޫ ސަމާލުވެސް ނެރެފަ އެވެ. ރީނދޫ ސަމާލު ނެރެފައިވަނީ، މެންދުރު ފަހު 2 ޖެހުމާ ހަމައަށެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުރިހާ ފަރާތްތަކުންވެސް އަދި ޚާއްސަކޮށް ދަތުރުވެރިން މޫސުމާ ބެހޭ އެންމެފަހުގެ މައުލޫމާތު އަދާ ހަމަކުރުމާއެކު މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިންވަނީ އިލްތިމާސް ކުރެ އެވެ.ކުނި ބަރުކޮށްގެން ދަނިކޮށް އަޑިއަށް ދިޔަ ދޯނި: ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސް ކޮށްފައި .-- ފޮޓޯ: އެމްއެންޑީއެފް