
ޖުމުލަ 698 ގޯތި މިހާރު ހިއްކަމުން އަންނަ ހުޅުމާލެ ފޭސް ތިނަކުން ދޫކޮށްފައިވާއިރު، އެ ގޯތިތައް ލިބިފައިވާ މީހުންގެ މެދުގައި ގުރުއަތުލުން ކުރިއަށް ގެންދަނީ ކަލާފާނު ސްކޫލްގަ އެވެ.ގޯތިތަކުގެ ގުރުއަތު އަލުން ނެގުމަށް ނިންމީ ހުޅުމާލޭގެ މާސްޓަ ޕްލޭނަށް ގެނެވުނު ބަދަލާއި، ހުޅުމާލެ ފިޔަވަހި ތިނެއްގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލާއެކު ބިންވެރިޔާ ސްކީމްގެ ދަށުން ކުރިން ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ސަރަޙައްދަށް ބަދަލު އައިސްފައިވުމުން، އައު ލޮޓް ނަންބަރެއް ކަނޑައެޅިގެން ދާނެތީ އެވެ.'ބިންވެރިޔާ' ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން 698 ގޯތި ދޫކޮށްފައިވެ އެވެ.ތިންވަނަ ފިޔަވަހިން ދޫކުރާ ގޯތީގެ އަދަދާއި ބޮޑުމިން:* 1،650 އަކަފޫޓުގެ 181 ގޯތި