ޚަބަރު
ސައީދުގެ މައްސަލަ ހައިކޯޓުން ބަލައިގަނެފި
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި އަހުމަދު ސައީދު (ފެނަކަ ސައީދު) ހުންނެވި ދުވަސްވަރު ހިންގި ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވެ، ހަތަރު އަހަރަށް އޭނާ ޖަލަށް ލާން ކްރިމިނަލް ކޯޓުން އިއްވި ހުކުމްގެ އިސްތިއުނާފު މައްސަލަ ހައި ކޯޓުން ބަލައިގެންފި އެވެ. 

ކްރިމިނަލް ކޯޓުން އޭނަ އަށް ޖަލު ހުކުމެއް އިއްވީ މިދިޔަ ސެޕްޓެންބަރު މަހުގެ 28 ގަ އެވެ. އެ ހުކުމް އިސްތިއުނާފު ކުރަން ސައީދުގެ ފަރާތުން ހައި ކޯޓަށް ހުށަހެޅިއިރު، އެ މައްސަލަ އެ ކޯޓުން މިހާރު ވަނީ ބަލައިގެންފަ އެވެ.

ކްރިމިނަލް ކޯޓުގައި އޮތް ސައީދަށް ހުކުމް ކުރުމުގެ މަޖިލީހުގައި އިސްގާޒީ، އާދަމް މުހައްމަދު ވިދާޅުވީ، އަސާސީ އަދަބަކީ 1 އަހަރާ 7 މަހާއި 6 ދުވަހަށް ޖަލަށްލުން ކަމަށާއި، އަދަބު މަތިވާ ހާލަތެއް ނެތް ކަމަށް ދައުލަތުން ބުނި ނަމަވެސް، ގާޒީ އަށް ލިބޭ އިޚްތިޔާރުގެ ދަށުން އަދަބުގެ ދަރަޖަ މަތިކުރާ މާއްދާއަށް ހަވާލާދީ ގާނޫނުގައި ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ކަމުގައިވާ 4 އަހަރުގެ ޖަލު އަދަބު ކަނޑައަޅަންޖެހޭ ކަމަށެވެ.

ސައީދުގެ މައްޗަށް އެހެން މައްސަލައެއްގައި އުފުލާފައިވާ ދައުވާގެ ޝަރީއަތް ވެސް ކުރިމިނަލް ކޯޓުގައި ކުރިއަށްދެ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު